ޗެޓް ބޮޓެއް ހިމަނައިގެން މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ އާ ވެބްސައިޓް www.mib.com.mv މިރޭ ތައާރަފުކޮށްފި އެވެ.
ބަލައިލަން ރީތި އަދި ބޭނުން ކޮށްލަން ފަސޭހަ މި ވެބްސައިޓް ކަސްޓަމަރުންނަށް ދޫކޮށްފައި ވާއިރު، މި ވެބްސައިޓުގައި އެންމެ ޒަމާނީ ސިފަތައް ހިމެނެ އެވެ. މި ވެބްސައިޓަކީ އެމްއައިބީގެ ހިދުމަތް ހޯދުމަށް ފަސޭހަ ވާނެގޮތަށް ކަސްޓަމަރުންގެ ބޭނުންތަށް ފަސޭހައިން ފުރިހަމަކޮއްލެވޭނެހެން ފަރުމާ ކޮއްފައިވާ ބަލާލަން ހިތްގައިމު ބޭނުންކޮއްލަން ފަސޭހަ ވެބްސައިޓެކެވެ.
View this post on Instagram
A post shared by Maldives Islamic Bank (@maldivesislamicbank)
މައުލޫމާތެއް ހޯދަން ބޭނުންވާ ނަމަ މި ވެބްސައިޓް ވަރެއް ނެތެވެ. ފަސޭހަ ކަމާއިއެކު ޗެޓް ކޮއްލެވެއެވެ. އަދި އަމިއްލައަށް ކިޔާލާނެ އާންމު ސުވާލާއި ޖަވާބު މި ވެބްސައިޓުގައި ބައިވަރެވެ. މީގެ އިތުރުން އޭއައި ބޮޓް އާއި ޗެޓް ކޮއްލައިގެން ތަފާތު އެކި މައުލޫމާތު ހޯދޭނެއެވެ.އެމްއައިބީގެ ހިދުމަތެއް ހޯދަން ދެން ގުޅައިގެން ކިޔުގައި ހުންނާކަށް ނުޖެހޭނެއެވެ، 24 ގަޑިއިރު ޗެޓުމެދުވެރިކޮށް ކަސްޓަމަރ ސާވިސް ކުދިންނާއި ޗެޓު ކޮއްލެވޭނެއެވެ. ނުވަތަ ހަމަ އޭއައި ޗެޓް ބޮޓާއި ޗެޓު ކޮއްލަންވީއެވެ. މިރޭ ތައާރަފުކުރި ވެބްސައިޓަކީ އެމްއައިބީގެ ކަސްޓަމަރުންގެ ހިޔާލުތަކާއި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެ ޒަމާނީ ވެބްސައިޓެކެވެ. އެމްއައިބީއަކީ ދިވެހިންގެ މެދުގައި މަގްބޫލު ބޭންކެކެވެ. އެ ބޭންކުގެ ބްރާންޗްތައް ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ވެސް ހުރެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.