ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގެ އައު ސިޔާސީ ޕާޓީ "ދި ޑިމޮކްރެޓްސް" އުފައްދަން 3،560 މީހުންގެ ފޯމް ދެންމެ ހުށަހަޅައިފިއެވެ.   https://twitter.com/AchmedMazin/status/1664160274356789249?s=20 ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދިނުމާއެކު، ޕާޓީގެ ފަރާތުން ގެންދަނީ ބާރު ސްޕީޑެއްގައި މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމަށްފަހު، ޕާޓީ ހެދުމުގެ މަސައްކަތަށް ހުއްދަދީފައިވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ މިއަދު ހުށަހެޅީ 3،560 ފޯމު ކަމަށެވެ. ހަސަން ވިދާޅުވީ އިލެކްޝަނަށް މިއަދު ހުށަހެޅި ކޮންމެ ފޯމަކީވެސް ސައްހަކަށް ވަކިވަކިން ވެރިފައިކޮށްފައި ހުށަހަޅާފައިވާ ފޯމްތައް ކަމަށެވެ. ހަސަން ވިދާޅުވީ "ދަ ޑިކޮމްރެޓްސް" އިން ކުރިއަށް ގެންދިޔައީ، ޕާޓީ ރެޖިސްޓްރީ ކުރުމަށް ބޭނުންވާ އަދަދަށް މެމްބަރުން ހޯދުމުގެ މަސައްކަތްކަމަށާއި ކުރިއަށް ގެންދިޔައީ މެމްބަޝިޕް ޑްރައިވެސް ނޫން ކަމަށެވެ. https://twitter.com/MedhuHenveyru/status/1664166456031088643?s=20 މި ސަރުކާރުގެ ބައެއް ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާއި ވަޒީރުންގެ ކައުންސިލަރުންނާއި ނައިބު ފެންވަރުގެ ބޭފުޅުންނާއި އެބޭފުޅުންގެ އާއިލާ ބައެއް މެމްބަރުން ދަނީ ދި ޑިމޮކްރެޓްސް އާއި ގުޅެމުންކަން ފާހަގަކޮށްލެވެއެވެ. އަދި އެކަމާއި ގުޅިގެން ސަރުކާރުން ވަނީ އެބޭފުޅުން ވަޒީފާއިން ވަކިކޮށްފައެވެ. ދި ޑިމޮކްރެޓްސްގެ ފަރާތުން ދާދި ފަހުން ވަނީ އެމްޑީޕީ މައި ހަރުގޭގައި އެ ޕާޓީގެ ފޯމް ފުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި އެޕާޓީގެ ފަރާތުން ވަނީ އެ ހަރުގޭގައި ލާފައިހުރި ރީނދޫ ކުލައިގެ މަތިން ހުދުކުލަ ލާފައެވެ.ދި ޑިމޮކްރެޓްސް އިން ބޭނުންކުރަމުންދަނީ ސްކައި ބްލޫ ކުލައެވެ.