ބޭންކް އޮފް މޯލްޑިވްސްގައި ހުރި 501 ބޭނުންނުކުރާ އެކައުންޓް ނުވަތަ ޑޯމަންޓް އެކައުންޓްތައް އުވާލުމަށް އެ ބޭންކުން އިއުލާނުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ބޭންކިންއާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ވިދިވިދިގެން 5 އަހަރު ވަންދެން އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނަމަ އެ އެކައުންޓަކީ ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ކަނޑައަޅަންޖެހެއެވެ. ބީއެމްއެލްއިން ބުނީ މި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެއްވެސް މުއާމަލާތެއް ކޮށްފައިނުވާ 501 އެކައުންޓެއް އެ ބޭންކުގައި އެބަހުރިކަމަށެވެ.
https://drive.google.com/file/d/1YmM5WDqG7IXLve4vdVjfopeRQRx2LgA4/view?usp=drivesdk
މި އެކައުންޓްތަކުގެ ވެރިފަރާތްތަކަށް އެ އެކައުންޓްތަކާއިމެދު އަމަލުކުރަންވީ ގޮތް އަންގައިދިނުމަށް އެ ފަރާތްތަކަށް ސިޓީ ފޮނުވާފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. ނަމަވެސް އެ އެކައުންޓްތަކާއިމެދު އަމަލުކުރަންވީގޮތް މިހާތަނަށްވެސް އެ ބޭންކަށް އަންގާފައިނުވާކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލްއިން ބުނީއެކައުންޓްގައި ހުރި ފައިސާއާއިމެދު އަމަލުކުރަންވީގޮތެއް 31 ޖުލައިއާ ހަމައަށް ނާންގައިފިނަމަ ޤާނޫނުގައި އަންގާފައިވާ ގޮތުގެ މަތިން އެކައުންޓްތައް ބަންދުކޮށް އެކައުންޓްގައި ހުރި ފައިސާ މޯލްްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއަށް ފޮނުވާނެކަމަށެވެ. އަދި އެމްއެމްއޭއާ ފައިސާ ހަވާޅުކުރުމަށްފަހު ފައިސާ ހޯދުމަށް ”ޑޯމަންޓް އެކައުންޓްގައި ހުރި ފައިސާ ނެގުމަށް އެދި ހުށައަޅާ ފޯމު“ ފުރިހަމަކުރުމަށްފަހު ބީއެމްއެލްގެ ބްރާންޗަކަށް ހުށައެޅުމުން ފައިސާ ލިބޭނެކަމަށްވެސް އެ ބޭންކުން ބުނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.