1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

10 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއްގައި ރޯވެ އަނދައިފި

Capture
ހުވަދޫ ނިއުސް ޓީމް
1,374ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭން ރ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ބޯޓެއްގައި އަލިފާން ރޯވެ، އަނދަން ފަށައިފިއެވެ.

މާލެއިން ފުރައިގެން ރ.ރަސްގެތީމަށް ދަތުރުކުރި "ހޮރައިޒިއާ 2" ނަމަކަށް ކިޔާ ބޯޓެއްގެ އިންޖީންރޫމްގައި އަލިފާން ރޯވެގެން އެމްއެެންޑީއެފް ކޯސްޓްގާޑް މެރިޓައިން ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

https://twitter.com/MNDF_Official/status/1664655656660631552?s=20

300 × 250

ބޯޓްގައި އަލިފާން ރޯވެފައިވަނީ ބ. އަތޮޅު ފޯ ސީޒަން ރިސޯޓް (ލަނޑާ ގިރާވަރު) އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުގައި އޮއްވަ އެވެ. މިހާރު ދައުރުވަމުންދާ މަންޒަރުތަކުން ފެންނަ ގޮތުގައި، އެ ބޯޓްގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.
https://twitter.com/UmayAhmed/status/1664650998969769985?s=20
"ހޮރައިޒިއާ 2" އިން ދަތުރުކުރަމުން ދިޔަ 10 މީހުން ސަލާމަތްކޮށް ފޯ ސީޒަން ރިސޯޓުގެ ލޯންޗަކަށް އެ މީހުން މިހާރު ނަގާފައިވާ ކަމަށާއި، އެ މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި ބ. އޭދަފުށީގެ ސީ އެމްބިއުލާންސާއި ޅ. މާފިލާފުށިން ކޯސްޓްގާޑުގެ ހާބަރު ކްރާފްޓް ލޯންޗް މިހާރު ދަނީ އަލިފާން ރޯވެފައިވާ ސަރަހަށްދަށް ދިއުމަށް ދަތުރުކުރަމުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި