އައްޑޫ ސިޓީ ގެ ދެކުނުން ސަރަހައްދެއް ގެއްލުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިހުމާލުން ކަމަށާއި އެ މައްސަލައިގައި އެ މަނިކުފާނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް އެމްއެންޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެއެވެ. ކަނޑު ވިއްކާލުމާއި ދެކޮޅަށް ނުކުތް ފަރާތްތަކުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، މިއީ ދިވެހިން ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށާއި އައްޑޫ ސިޓީން ދެކުނުން ގެއްލުނު ސަރަހައްދަކީ ދިވެހިން ކެއުމުގައި އެންމެ ގިނައިން ބޭނުން ކުރާ "ޓޫނާ" އެސަރަހައްދެއްގައި އާލާވެ، ރާއްޖޭގެ އެހެން ތަންތަނަށް ހިޖުރަ ކުރާ ސަރަހައްދެއް ކަމަށެވެ https://twitter.com/mnp_secretariat/status/1664710410216574981?s=46&t=YOMcM7x-FnT57_2QqFS_kQ އޭގެ އިތުރަށް ނާޒިމް ވިދާޅުވީ ، ރައީސް ބޭނުންވެވަޑައިގެންނެވި ނަމަވެސް ރައްޔިތުންނަށް ސިއްރުން ތަންތަނަށް ސިޓީ ނުފޮނުއްވޭނެ ކަމަށެވެ. ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ރައީސްއަށްވެސް ސިޓީއެއް ފޮނުއްވޭނީ ހުއްދައެއް ހޯއްދެވުމަށްފަހު ކަމަށެވެ.
ގެއްލުންތަކެއް ލިބިގޮސްފައިވަނީ ރައީސް ސާލިހު ހުއްދައެއް ހޯއްދެވުމަކާއި ނުލައި ސިޓީއެއް ފޮނުއްވުމުގެ ސަބަބުން - ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރަށް އޭނާ ވިދާޅުވެފައިވަނީ، ރައީސް ބޭނުންވެވަޑައިގެންނެވި ނަމަވެސް ރައްޔިތުންނަށް ސިއްރުން ތަންތަނަށް ސިޓީ ނުފޮނުއްވޭނެ ކަމަށެވެ. ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ރައީސްއަށްވެސް ސިޓީއެއް ފޮނުއްވޭނީ ހުއްދައެއް ހޯއްދެވުމަށްފަހު ކަމަށެވެ. ރޭ ޖަލްސާ ގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ ތިން އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ސަރަހައްދީ ގާނޫނެއް އެކުލަވާލެވުންކަމަށް ވިދާޅުވަމުން ފާހަގަކުރައްވާފައިވަނީ ވޭތުވެދިޔަ ފަންސާސް އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުން އިންޗިއެއްވެސް ދޫކޮށްލާފައިނުވާ ކަމަށެވެ. އެހެންކަމުން މިއަދު ދޫކޮށްލަންވީ ސަބަބާއިމެދު ރައްޔިތުން ސުވާލު އުފައްދަންޖެހޭނެ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.