ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސަނީ ލިއޯންގެ ރާއްޖެ އަތުވެއްޖެއެވެ.

އުމުރުން 42 އަހަރުގެ ސަނީ ލިއޯން ރާއްޖެ އައިސްފައި ވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ހުއްޓީ ހެދަކޮށްލުމަށް އޭނާ އައިސްފައި ވަނީ ރ. ކޮއްޓަފަރުގައި ތަރައްގީކޮށްފައިވާ ބްރެއިނާ ކޮއްޓަފަރު ރިޒޯޓަށެވެ.

އެނާގެ އިސްޓަގުރާމް އެކައުންޓުގައި ރާއްޖެ އައިސް ނަގާފައިވާ ވީޑިއޯއެއް ވެސް މިހާރު ވަނީ ހިއްސާކޮށްފައެވެ.
https://www.instagram.com/reel/Cs_jYHKhgkN/?igshid=MjEwN2IyYWYwYw==
އިސްޓަގުރާމްގައި ހިއްސާކުރި ވީޑިއޯ ކެޕްޝަންގައި ބުނެފައި ވަނީ ފާއިތުވި 6 ހަފްތާގައި ބުރަމަސައްކޮށް މަސައްކަތް ކުރުމަށް ފަހު ރިލެކްސް ވެލަން އައިސްފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް އެތައް ފަހަރަކު ސަނީ ލިއޯން ވަނީ ރާއްޖެ އައިސްފައެވެ.