1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މޮޓޯކޭޑަށް ހުރަސްއެޅި 5 މީހުންނަށް ދައުވާކުރަން ފޮނުވައިފި

big_Akvn9sqoDrRYxBV3RjJSo1FRe
މުހައްމަދު އަޚްތަރު
457ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދަތުރުކުރެއްވި މޮޓޯކޭޑަށް ހުރަސްއެެޅި މައްސަލާގައި 5 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިމިނަލް ކޯޓަށް ހުށައަޅުއްވައިފިއެވެ.

ރައީސްގެ މޮޓޯކޭޑަށް ބަޔަކު ހުރަސް އަޅާ މޮޓޯކޭޑް ހުއްޓުވާފައިވަނީ މާޗްމަހުގެ 20 ވަނަދުވަހުގެ ރޭ ހުޅުމާލޭގައި އޮތް ރަސްމިއްޔާތަކަށް ފަހު މާލެ ވަޑައިގެން ބޮޑު ތަކުރުފާނުމަގުން ދަނިކޮށް ޕީޕީއެމްގެ އޮފީހާއި އަރާހަމަވި ތަނުން އެތަނުގައި މުޒާހަރާކުރަމުން ދިޔަ ބައެކެވެ. އެކަމުގެ ސަބަބުން މޮޓޯކޭޑް އަނބުރާާ އައި ކޮޅަށް ދާންޖެހުނީ އެސަރަހައްދުގައި 10ވަރަކަށް މިނެޓްވީ ފަހުންނެވެ.

މި މައްސަލާގައި 5 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އޭގެތެރެއިން 3 މީހެއްގެ މައްޗަށް އުފުލާފައިވަނީ ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ. އަނެއް 2 މީހުންގެ މައްޗަށް 2 ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި ދައުލަތުގެ މަސައްކަތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

300 × 250

މޮޓޯކޭޑަށް ހުރަސްއެޅުމުގެ ކުށުގައި ދައުވާކުރި މީހުން:
1- އަހުމަދު ސިނާން / އެސްޓަންވިލާ، ގއ. ދެއްވަދޫ ( 2 ދައުވާ )
2- މަރިޔަމް މާޝާ / ސޭޑީކޯނާ، ށ. ބިލަތްފަހި ( 2 ދައުވާ )
3- މުހައްމަދު އައްބާސް / ހުޅުމާލެ ގޯތި11328
4- އަހުމަދު ރަޝީދު/ ދަފްތަރު ނަންބަރު 9151
5- އަހުމަދު އަޒީލް / ހުޅުމާލެ ފްލެޓު06-2-154

މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅި މައްސަލާގައި، ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަމުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި އޭރު ހުންނެވި ކާނަލް ޢަބްދުﷲ އިބްރާހީމް މަގާމުން ސަސްޕެންޑް ކުރިއެވެ. އެހެންނަމަވެސް އޭނާގެ އެއްވެސް އިޙްމާލެއް ނެތްކަމަށް ޤައުމީ ދިފާއީ ބާރުން ނިންމަވާ މިދިޔަ މަހުގެ ސަސްޕެންޝަން ވަނީ އުވާލައްވާފައެވެ.

މި މައްސަލާގައި ޤައުމީ ދިފާއީ ބާރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ނެރުއްވި ބަޔާނުގައި ވަނީ، ކާނަލް ޢަބްދުﷲ އިބްރާހީމް މަސްޢޫލިއްޔަތުތަކުން ވަގުތީ ގޮތުން އެކަހެރިކުރެއްވީ އިންކުއަރީއަށް އެއްވެސް ފަރާތެއް ނުފޫޒެއްނެތި އިންސާފުވެރިކަމާއެކު ހިންގުމަށްކަމަށެވެ. އަދި މައްސަލަ ބެލިބެލުމުން ކޮމާންޑިން އޮފިސަރުގެ އެއްވެސް އިޙްމާލެއް ފެންނާން ނެތްކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި