ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން, މުޙައްމަދު ނަޝީދު ދުރުކުރުމަށް ވަރަށް ފުންކޮށް ވިސްނަމުން ގެންދާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

މިއަދު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ނޫސްވެރިއަކު ވަނީ، މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދުރުނުކުރާ ސަބަބާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން، މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ އެމްޑީޕީގެ ވެސް ރައީސްކަން ފާހަގަކުރައްވާފައެވެ. ޝަަފީގު ވިދާޅުވީ، މައްސަލައެއް ދިމާވެ ތަކުރާރުވިނަމަވެސް، އެ ޕާޓީން ކުއްލިގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްދާނެ ކަމަށާއި، ނަމަވެސް އެކަމާމެދު އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫފުގެ ފަރާތުން ފުންކޮށް ވިސްނަމުންދާ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރިޔާސަތުން ކުރިޔަށް ގެންދަވާ ގޮތާމެދު އެމްޑީޕީން ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. މަޖިލީހުގެ ރިޔާސަތާމެދު ކަންބޮޑުވުން ހުންނެވި ދަނޑިވަޅެއްގައި, މަޖިލީހުގެ މެޖޯރިޓީ އޮވެމެ, މަޖިލީހުގެ ރައީސް މަޤާމުން ދުރުކުރަން މަސައްކަތް ނުކުރަނީ ކީއްވެތޯ ނޫސްވެރިން ވަނީ ސުވާލު އުފައްދަވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން އެމްޑީޕީ ޕީޖީގެ މީޑިއާ ކޯޑިނޭޓަރ ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ވިދާޅުވީ

އެކަން ނުކުރައްވާ ތިއްބެވީ ޕާޓީގެ ރައީސަށް ކުރައްވާ އިޙްތިރާމެއްގެ ސަބަބުން ކަމަށެވެ. އަދި އެކަން ނުކުރަނީ ކުރަން ނުކެރުން, ނުވަތަ ބޭނުން ނުވުމެއް ނޫން ކަމަށާއި ބޭނުންވަނީ އިޙްތިރާމާއެކީ މަޝްވަރާ ކުރައްވައިގެން ކަންކަން ހައްލު ކުރަން

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ އަބްދުﷲ ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި އިތުރު ސުވާލަކަށް ޖަވާބުދެއްވަމުން ޝަފީގު ވިދާޅުވީ، ނައިބު ރައީސްގެ މަގާމުން އިވާ ވަކިކުރުމަށް ހުށަހެޅީ، އެކަމަނާ ޕާޓީން ވަކިވެވަޑައިގަތުމުން ކަމަށެވެ.