ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މަޝްވަރާތައް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފަށައިފި އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖީލީހަށް ހުށަހެޅުމަށް ނިންމާފައިވަނީ މިއަދު ބޭއްވުނު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ބަދަލުވުމުގައި ބައިވެރިވި މެމްބަރުންގެ މެޖޯރިޓީންނެވެ. މިހާރު ކުރަމުންދަނީ މެންބަރުންގެ ސޮއި ހަމަކުރުމުގެ މަސައްކަތެވެ.
https://twitter.com/MoosaRasheed_/status/1665987104202170368?s=20 މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަޝްވަރާތައް ފަށާފައި މިވަނީ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތިން ދުވަހަށް އެޖެންޑާކުރުމަށްފަހުވެސް މައްސަލައިގައި ގޮތެއް ނިންމިފައިނުވާތީ އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކޮށްފައި ވަނިކޮށެވެ. މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 50 މެންބަރުން ސޮޔާއެކު ވަނީ ހުށަހަޅާފަ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.