1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސްކޫލުތަކަށް ދަރިވަރުން ގެންގޮސްގެން ކިޔަވައިދޭން އެޑިއުކޭޝަނުން ނިންމައިފި

schools
ހުވަދޫ ނިއުސް ޓީމް
471ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިރާސީ އާ އަހަރުގެ ކިޔެވުން ފައްޓާއިރު، ދަރިވަރުން ސްކޫލްތަކަށް ގޮސްގެން، ކިޔެވުން ކުރިޔަށް ގެންދިޔުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ. މުޅިރައްޖެއަށް ކޮވިޑް19ގެ ބަލިމަނޑުކަން ފެތުރި، ގިނައަދަދެއްގެ ރަށްތައް މޮނިޓަރިންގ އަށް ލާފައިވުމުން، ފާއިތުވި ޓާރމްގައި ގިނަ ސްކޫލްތަކުގައި ކިޔެވުން ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

މި އަހަރުގެ ދިރާސީ އަހަރު ކިޔެވުން މިމަހު 10 ގައި ފެށުމަށް ނިންމާފައި ވާއިރު، އެޑިއުކޭޝަނުން ބޭނުންވަނީ ފިޒިކަލް ކްލާސްތައް ކުރިޔަށް ގެންދިޔުމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ކޮވިޑްގެ މި ހާލަތީ ކޭސްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެންނަމުންދާ ދުވަސްވަރެއް ކަމަށްވާތީ، ސްކޫލުތައް ހުޅުވާއިރު ހުރިހާ ފަރާތްތަކުންވެސް ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަނޑައަޅާފައިވާ އެންމެހާ ގަވައިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

300 × 250

އެގޮތުން ސްކޫލްތަކުގެ ދަންފަޅިތަކުގެ ދިގުމިނަކީ އާންމު ހާލަތު ގައިވެސް ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރަންޖެހޭ ވަގުތު ކަމަށް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

އަދި ފުރަތަމަ ދެ ހަފްތާގައި މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ކިޔެވުން ފެށޭގަޑި އެކި ގްރޭޑްތަކަށް ތަފާތުކޮށް، ވީހާވެސް ތޮއްޖެހުން ކުޑަވާގޮތަކަށް އިންތިޒާމް ކުރުމަށްވެސް އެ މިނިސްޓްރީން ވަނީ ސްކޫލުތަކަށް އިލްތިމާސް ކޮށްފަ އެވެ.

މިނިސްޓްރީން އިލްތިމާސް ކޮށްފައިވާ ކަންކަން:

  • ކްލާސްރޫމްތަކުގައި ރަނގަޅަށް ވައި ދައުރުވާގޮތަށް ދޮރުތައް ހުރިހާ ވަގުތެއްގައިވެސް ހުޅުވައިފައި ބެހެއްޓުން.
  • ކްލާސްރޫމް ތަރުތީބު ކުރުމާއި ކިޔަވައިދިނުން ކުރިއަށް ގެންދިއުމުގައި ގައިދުރުކަން ބަހައްޓައިގެން ކިޔަވައިދިނުން.
  • އޭސީކޮށްފައިވާ ކްލާސްރޫމްތަކުގައި ދަރިވަރުންގެ މެދުގައި ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުން.
  • މި މަހުގެ ތެރޭގައި ރާއްޖެއިން ބޭރުން އެނބުރި އައިސްފައިވާ ދަރިވަރުންނާއި މުވައްޒަފުން، ރާއްޖެ އެނބުރި އަންނަތާ ފަަސް ދުވަހާއި ހަތް ދުވަހުގެ ތެރޭގައި ހަދާފައިވާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާކަން ކަށަވަރުކުރުން.
  • މި މަހުން ފެށިގެން މޮނިޓަރިންގެ ގެ ހާލަތުގައިވާ ރަށްރަށުން ދަތުރުކުރާ ސްކޫލްތަކުގެ މުވައްޒަފުންނާއި ދަރިވަރުން ހާޒިރުވާންޖެހޭ ސްކޫލް ހުންނަ ރަށަށް އެނބުރި އަންނަތާ ފަސް ދުވަހާއި ހަތް ދުވަހުގެ ތެރޭގައި ހަދާފައިވާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާކަން ކަށަވަރުކުރުން.

ހައިރިސްކު ކެޓަގަރީގައި ހިމެނޭ ދަރިވަރުން ސްކޫލްގައި ހޭދަކުރާ ވަގުތުތަކުގައި މާސްކާއެކު ފޭސް ޝީލްޑް ބޭނުން ކުރުމާއި ނިއު ނޯމަލްގައި ކިޔަވައިދިނުމަށް ކުރިން އަޅާފައިވާ ފިޔަވަޅުތައް އެޅުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި ސްކޫލުތައް ހުޅުވި ނަމަވެސް އިތުރު ހަރަކާތްތައް ފެށުމަށް ނިންމާފައި ވަނީ އުމުރުން 12 އަހަރުން މަތީގެ ހުރިހާ ދަރިވަރުން ވެކްސިން ފުރިހަމަ ކުރުމުންނެވެ.

ކޮވިޑް19ގެ ހާލަތާއި ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ފާއިތުވީ ދިރާސީ އަހަރުގައި އެޑިއުކޭޝަން މިނިސްޓްރީން ގެނެސްފައިވެއެވެ. މިގޮތުން ގެނެސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ ދިރާސީީ އަހަރު މިދިޔަ އަހަރުގެ ފަހުކޮޅަށް ނުނިންމައި، މި އަހަރުގެ ޖޫންއާ ހަމައަށް އިތުރުކުރުމެވެ.

މިބަދަލާއިއެކު، ކޮންމެ އަހަރެއްގެ ވެސް ދިރާސީ އަހަރު ނިމި، ބޮޑު ޗުއްޓީ އަހަރުގެ މެދުތެރޭގައި ފެށިގެންދާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި