1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫ ރައްޔިތުންގެ ދަރުބާރުގެ މިނިސްޓްރީގެ ދަށުން ނެގުމަށްފަހު އަލުން ހުޅުވައިފި

thinadhoo council
ތިނަދޫ ދަރުބާރުގޭގައި މިއަދު ފެށި ކައުންސިލް ޤުރުއާން މުބާރާތް 2023 ގެ ތެރެއިން. ފޮޓޯ :ތިނަދޫ ކައުންސިލް
މުހައްމަދު އަޚްތަރު
815ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ ތިނަދޫ ރައްޔިތުންގެ ޢިމާރާތެއްގެ ގޮތުގައި ހަދާފައިވާ ދަރުބާރުގެ(އާބާދީ މަރުކަޒު) ހެލްތު މިނިސްޓްރީގެ ދަށުން ނެގުމަށްފަހު މިއަދު އަލުން ހުޅުވައިފި އެވެ.

ތިނަދޫ މީހުން ރަށުން ބޭރު ކުރުމަށް ފަހު އަލުން އާބާދުވާން ފެށިތާ 25 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ތިނަދޫ ގެ ރައްޔިތުން އަމިއްލަ ޚަރަދުގައި އިމާރާތް ކުރި ދަރުބާރުގެ ތިނަދޫ ކައުންސިލްއިން ހެލްތު މިނިސްޓްރީ އާއި ޙަވާލު ކުރީ ކޮވިޑް-19 ޙާލަތު ގައި ފެސިލިޓީ އެއް ހަދަން ވެގެންނެވެ.

ތިނަދޫ ކައުނަސިލުން އެތަން އަނބުރާ ހޯދީ އެ އިމާރާތް އެއްވެސް ގޮތަކަށް ނުބަލަހައްޓާތީ އާއި އެތަން ވީރާނާ ވެދާނެތީ އެވެ. ފެސިލިޓީ އެއް ހަދަން އިމާރާތަށް ބޮޑެތި ބަދަލު ގެނެސްފައި ހުރި ނަމަވެސް ތިނަދޫ ކައުނަސިލުން އެތަން އަލުން ބޭނުން ކުރަންފެށީ ކުރިން ވެސް ބޭނުން ކުރި ޖަލްސާ ކުރާ ހޯލު ކުޑަ ތަންކޮޅެއް ކުޑަ ކުރުމަށް ފަހު ހޯލެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށެވެ. ތިނަދޫ އާބާދީ މަރުކަޒު އަލުން ހުޅުވުމުގެ ގޮތުން މިއަދު ވަނީ ކައުންސިލް ގެ 2023 ވަނަ އަހަރުގެ ޤުރުއާން މުބާރާތް އެ އިމާރާތްގެ ޖަލްސާކުރާ މާލަމުގައި ފަށާފައެވެ.

300 × 250

photo1686228911 (1)ތިނަދޫ ދަރުބާރުގޭގައި މިއަދު ފެށި ކައުންސިލް ޤުރުއާން މުބާރާތް 2023 ގެ ތެރެއިން. ފޮޓޯ :ތިނަދޫ ކައުންސިލް

އޭސީ ކޮށް ކާޕެޓް އަޅާ ތަރައްޤީ ކޮށް އަލުން ޖަލްސާ ކުރާ މާލަން އަދި އިމާރާތް ބޭނުން ކުރަން ފެށި އިރު އެތަން އިތުރަށް ތަރައްޤީ ކޮށް ޒަމާނީ ފެންވަރަށް ބަދަލުކޮށް ކައުންސިލްގެ އިދާރީ ބައެއް މަސައްކަތް އެތަނުގައި ހިންގުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭ ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ތިނަދޫ ރައްޔިތުން މީގެ 32 އަހަރު ކުރިން ހެދި ދަރުބާރުގެއަކީ "އާބާދީ 25" ގެ ރަސްމީ ޖަލްސާ ބޭއްވުމަށް 72 ގަޑި އިރު ތެރޭގައި ނިންމާ ބޭރުގައި ޕާކު ތައް ހަދާ ރައްޔިތު މަސައްކަތެއްގެ ގޮތުގައި ހެދި ބޮޑު އިމާރާތެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި