1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދަ ޑިމޮކްރެޓްސް ގެ ފުރަތަމަ ޖަލްސާ މިރޭ އެމްޑީޕީީގެ ކުރީގެ ހަރުގޭގައި

MDP haruge
ހުވަދޫ ނިއުސް ޓީމް
407ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފާއިތުވެދިޔަ 19 އަހަރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މައި ހަރުގެ ހުރި ތަނުގައި ދަ ޑިމޮކްރެޓްސް އިން ބާއްވާ ފުރަތަމަ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ދަ ޑިމޮކްރެޓްސް އިން މިރޭ އެމްޑީޕީގެ ކުރީގެ ހަރުގޭގައި ބައްވާ މިޖަލްސާގައި އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެއެވެ. އަދި އެބޭފުޅުން ގެންދަނީ މިޖަލްސާ އޮންނަކަން ޓުވީޓުކޮށް ގިނަ ބަޔަކު ބައިވެރިވުމަށް އެދެމުންނެވެ. ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދު އިސްކޮށް ހުންވައިގެން އުފައްދަވާ ޕާޓީއަކަށްވާއިރު އަދި މިހާތަނަށް ދަ ޑިމޮކްރެޓްސްގެ ރަސްމީ އެއްވެސް ހަރަކާތަކުން ނަޝީދު ފެނިފައި ނުވެއެވެ.

މިރޭ ބާއްވާ ޖަލްސާއަކީ އާންމު ތަނެއްގައި ދަ ޑީމޮކްރެޓްސް އަށް ނިސްބަތްވާ ބޭފުޅުން ބާއްވާ ފުރަތަމަ ޖަލްސާވެސް މެއެވެ. ނަމަވެސް މިޖަލްސާގައި ވާހަކަ ދައްކަވާ ބޭފުޅުންނަކީ ފާއިތުވެދިޔަ 19 ވަރަކަށް އަހަރުގެ ތެރޭގައި އެމްޑީޕީގެ ޕޯޑިއަމްތަކުގައި އެންމެފަރިތަކޮށް ވާހަކަ ދައްކަމުން ދިޔަ މީހުންނެވެ.

300 × 250

އެމްޑީޕީގެ މައި ހަރުގެ މިހާތަނަށް ހުރި ހެންވޭރުކޮޅު އާރޓްފިޝަލް ބީޗު ކުރިމަތީގައި ހަދާފައިވާ މިހަރުގޭގެ ވެރިފަރާތުން ވަނީ އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލް ތަފާތުވުންތަކާއިއެކު ހަރުގެ އެމްޑީޕީގެ އަތުން އަތުލައި، ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކަށް އެތަން ދޫކޮށްފައެވެ. އެތަނުގައި ހުރި ފޮޓޯތަކާއި، ކުލަވެސް މިހާރު ވަނީ ހުދު ކުލައަށް ބަދަލުކޮށްފައެވެ.

https://twitter.com/husnfirey/status/1667119905421008896?s=20

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3،000 މީހުންނަށްވުރެ ގިނަ ފޯމުތަކާއިއެކު އިލެކްޝަނަށް ވަނީ ހުށަހަޅާފައެވެ. ބެލެވޭ ގޮތުގައި މިފެށޭ ހަފްތާގައި ޕާޓީ ރަޖިސްޓްރީ ކުރުމާއި މެދު އިލެކްޝަނުން ގޮތެއް ނިންމާނެއެވެ.

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި