އަހަރެންގެ ހަޔާތުގައި ދުވަހަކު ވެސް ގާސިމް އިބްރާހިމް އަށް ދެރަކޮށް ބަހެއް ބުނާކަށް ބޭނުމެއް ނޫނެވެ. އަދި ނުވެސް ބުނާނަމެވެ. ސަބަބުތަކެއް ހުރީމަ އެވެ. ސަބަބަކީ ވިލާ ފައުންޑޭޝަން ގައި 8 އަހަރު ވަޒީފާގައި އުޅެފައިވާތީވެ ކޮންމެ ދުވަހަކުމެ އެތަކެއް އެހީގެ އާދޭހުގެ ސިޓީތަށް ފެނި އަދި އެފަދަ ސިޓީތަކުގެ ޖަވާބަށް ވެދެއްވާފައިވާ ދީލަތި އެހީފެނިފައިވާ މީހަކަށް ވީތީއެވެ.
ދިވެހި ނިކަމެތި ރައްޔިތުން ބައްޕަ ގާސިމް އިބްރާހިމް އަށް އަޅުގަނޑު ގެ ފަރާތުން މިދެއްވާ ނަސޭހަތް ޤަބޫލު ކުރައްވާށެވެ. މަނިކުފާނަކީ ދިވެހި ދައުލަތް ފިޔަވައި އެންމެ ގިނައިން ރައްޔިތުންނަށް ބޭސްފަރުވާ އާއި ތައުލީމާއި، ރަށްރަށުގެ ތަރައްޤީ އަށް އެހީވެދީފައިވާ ފަރާތެވެ. މަނިކުފާނުގެ ދީލަތި އެހީގައި ކިޔަވައިގެން ތިއްބެވި އެތަކެއް ތަޢުލީމީ ޒުވާނުންނެއް ގެންދަވަނީ ރާއްޖެއަށް ހިދުމަތް ކުރައްވަމުންނެވެ. ސަރުކާރުގެ މަތީ މަޤާމު ތަކުގަޔާއި އަމިއްލަ ކުންފުނިތަކުގައެވެ. ބަލާލި ކޮންމެ ދިމާލަކުން މަނިކުފާނުގެ އެހީގައި މަތީ ތަޢުލީމު ހާސިލް ކޮށްގެން ތިއްބެވި ބޭފުޅުންނެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުން ކަމުގައިވާ، އޭޑީކޭ ނާޝިދު އާއި، އަބުދުﷲ ޖާބިރު ފަދަ މަހުޖަނުންނާއި، ރައްޔިތުންގެ މަޖްލީހުގެ އޭރު ތިއްބެވި މެމްބަރުން ކަމުގައިވާ މޮޑީ، ޑރ. ހުސައިން ރަޝީދު، ޝަހީދު ޒަކީ އާއި މުހައްމަދު ޝިހާބު މިފަދަ އެތަކެއް ބޭފުޅުން އޭރު ތިއްބެވީ މަނިކުފާނުގެ ފަހަތްޕުޅުގައެވެ.
އެދުވަސް ވަރަކީ މަނިކުފާނުގެ فِي سَبِيلِ ٱللَّٰهِ މިދެންނެވި ފަރާތްތަކަށް ވަކި ހައްދެއްނެތި ހުޅުވާލާފައި އޮތް ދުވަސްވަރަކެވެ. އަބަދުވެސް މަނިކުފާނުގެ އެހީތައް އޮންނަނީ فِي سَبِيلِ ٱللَّٰهِ އަށް ހުޅުވާލާފައެވެ. ނަމަވެސް ވަކިބަޔަކު އޭގެ ނާޖައިސް ފައިދާ ނަގަން މަސައްކަތް ކުރި ދުވަސްވަރެވެ. މަނިކުފާނުގެ ދީލަތި ކަމުގެ އެހީގައި ވަކިބަޔަކު އަނބި ދަރީން ރާއްޖެއިން ބޭރުގައި ބައިތިއްބައި އެތަކެއް ހަރަދެއް ކުރި ދުވަސްވަރެވެ.
ނަމަވެސް ރިޔާސީ އިންތިޙާބުގައި ވާދަކުރައްވައި 4 ވަނައަށް ގޮސް، ރިޔާސީ އިންތިޙާބުގެ ފުރަތަމަ ބުރުން ދެވަނައަށްދިޔަ ގ.ކެނެރީގޭ މުހައްމަދު ނަޝީދުއަށް ބައިއަތު ހިފައި އިންތިހާބު މުހައްމަދު ނަޝީދުއަށް ކާމިޔާބު ކޮށްދިނުމަށްފަހު، ކޯލިޝަން ތެރޭގައި މައްސަލަ ޖަހި އެކޯލިޝަންއިން ޖުމްހޫރީ ޕާޓީ ވަކިވުމުން މަނިކުފާނުގެ ފަހަތުން އައީ ކޮންބައެއްތޯއެވެ. ހަމަގައިމުވެސް މިދެންނެވި އެކަކުވެސް މަނިކުފާނުގެ ފަހަތުގައި ނެތެވެ. މިދެންނެވި އެންމެންވެސް ކުލަ ބަދަލުކޮށްލައި އެމްޑީޕީ އާއި ގުޅުނީއެވެ.
ނަމަވެސް 2013ގެ އިންތިހާބު ޖެހުމުން އެންމެން ކުލަ ބަދަލުކޮށްގެން މަނިކުފާނުގެ ޕާޓީ އާއި ގުޅިގެން މަސައްކަތްކުރީ މަނިކުފާނަށް ހެޔޮއެދިގެން ނޫނެވެ. ހަމައެކަނި މަނިކުފާނުގެ ފީސަބީލިއްލާހިން ކައިގެން ބޮއިގެން އަަރާމުގައި އުޅެލުމުގެ ބޭނުމުގައެވެ. ފިލްމިސްޓާރުންނާއި ، ބަށި ޓީމުތަކާއި، ފުޓް ބޯޅަ ޓީމްތަށް މިދުވަސްކޮޅު ޖުމްހޫރީ ޕާޓީ އާއި ގުޅެމުންދަނީ މަނިކުފާނުގެ ފީސަބީލިއްލާހި ކެއުމަށެވެ.
ރައީސް ޔާމީނުގެ ވެރިކަމަކީ މަނިކުފާނަށް އެތަކެއް ދުއްތުރާތައް ޖެއްސެވި ވެރިކަމެކެވެ. އަހަރެންގެ ހަނދާނަށް އައީ ކޮންމެސް ބައްދަލުވުމެއްގައި މަނިކުފާނު ބުނުއްވެވި އެއްޗެކެވެ. އޭނައަށް ވެރިކަން ލިބިއްޖާމު ލުނބޯހުތް ފެލާނެހެން ތިމަންނާ ފެލާލާނެއޭ ބުނި ހަނދާނެވެ. ކަންވީވެސް އެގޮތަށެވެ. 2013ގެ އިންތިހާބުން މަނިކުފާނު ދެވަނަ ބުރަކަށް ނުދިޔައީމާ ބައިއަތު ހިއްޕެވީ ފެލާލާނެއޭ ބުނި މީހާއާއި އެވެ. އޭގެ ފަހުން އެވެރިކަމުގައި ގައުމުންވެސް ބޭރުކޮށްލިއެވެ. އެހުރިހާ އަނިޔާއެއް ދިންއިރު އަތްޖަހަންތިބި އެންމެން މިއަދު ފެންނަނީ މަނިކުފާނުގެ ޕާޓީގެ އިސްސަފުންއެވެ. ކޮންފަދަ ބޮޑު އޖައިބެއްބާއޭވެސް އަހަރެންގެ ހިތަށް އަރައެވެ. ފަހަރުގައި ސިޔާސި ގޮތުން އަހަރެންގެ ސިކުނޑި ކޮށީކަމާށްވެސް ވެދާނެއެވެ.
ވަކި ކަމަކަށް ޝަރުތު ކޮށްގެން ތިހެން ގުޅިވަޑައިގަންނަވާ ބޭފުޅުން މަނިކުފާނަކަށް އިޙުލާސްތެރިއެއް ނުވާނެކަން ޔަޤީނެވެ. ކަންހިގާ ގޮތް ބަލަން އަޅުގަނޑުމެން މިތިބީއެވެ. 2008 ވިސް ނިމިގޮސްފިއެވެ. 2013 ވެސް ނިމިގޮސްފި އެވެ. 2018 ވެސް ނިމިގޮސްފިއެވެ. 2023 ގެ ކަންތަށް މި ފެށުނީތާއެވެ. މަނިކުފާނަށް ދެރަގޮތެއް ނުވުމަށް އެދެމެވެ.
ޙަޤީޤަތް ހާމަކުރީމަ ލިބޭނީ ލަނޑެއް ނޫންކަމެއްވެސް ނޭގެ. އަސްލު ވެރިކަމާ ހޭބަލިވުމަށްވުރެ ބުއްދިވެރީ މަޑުމަޑުން ހުރެ އިޚްލާޞްތެރިކަމާއެކު މީހުންނަށް ހޭހަން ކުރުމުގަ ދެމިހުރުން
ދަންނަވަންތޯއެވެ. މިއަދު ގިނަ ދިވެހިން ބޭނުންވަނީ ހޯދުނު ގޮތަކަށް ހޯދައި ވަގުތީ ގޮތުން ޖީބުތައް ފުރާލަންށެވެ. އެހީވެދޭމިހާ ހެޔޮހިތުން އެހީވެދިން ނަމަވެސް ގިނަ ދިވެހިން ބޭނުންވަނީ އޭގެ ބޭނުންވެސް ނަހަމަގޮތުގައި ހިފަންށެވެ. މީ މިއަދު ގިނަ ދިވެހިންގެ އަމަލުތައް ހުންނަގޮތެވެ. ފެށުނީއްސުރެން ނިކަމެއްޗަކަސް މުއްސަންޖަކަސް ތަފާތުކުރުމެއްނެތި ކަންތައްތައްކޮށްދިން މީހާ އަހަރުމެން އެންމެންދަންނަމުއެވެ. ނަމަވެސް ހިސާބަށްވުރެން މިއަދު ދިވެހިންގެ ވިސްނުން ސިޔާސީއެވެ. ތިމާ މީހާ ހާލުގައި ޖެހުނު ދުވަހު ކާކުކަން ބެލުމެއްނެތި ވަކި މިންވަރެއްނެތި އެހީވި މީހާ މިއަދު ގިނަ ދިވެހީން ދެކޭގޮތުގައި ގޯހެވެ. ނާގާބިލެވެ. ޢަމިއްލަ އެދުމުން ފޯވެފައިހުރި މީހެކެވެ. ހަގީގަތަކީ މީ މިއަދު ގިނަ ދިވެހިންގެ ވިސްނުން ހުންނަގޮތެވެ. ރެޔާ ދުވާލު ބުރަމަސައްކަތް ކޮށްގެން ހޯދި ކުރި އެރުމުން މިންވަރަކަށް ބެލުމެއްނެތި މިލިއަނުން ނުދަންނަ މީހުންގެ ދިރިއުޅުމަށް ހޭދަ ކުރެއްވި ދިވެހި ދަރިޔާކާ ދޭތެރޭ މިއަދު އަހަރުމެން މިދެކޭނީ އެންމެ ރަނގަޅަށްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލަން އެބަޖެހޭއެވެ.
ދަންނަވަންތޯއެވެ. ގާސިމްގެ ދީލަތި އެހީ ގިނަ ދިވެހިންނަށް ލިބިފަވީނަމަވެސް އޭގެ ބަދަލު ހޯދާކަށް ދުވަހަކުވެސް އުޅުއްވިތަނެއް އަހަންނެއް ނުދެކެމުއެވެ.
އަމިއްލަ ވިޔަފާރިން ލީބޭ އާމްދަނީން ބައެއް މިއަދު އަހަރުމެން ދިވެހީންނަށް ހޭދަކުރާއިރު ރާއްޖޭގެ ވެރިޔަކަށް ހުރެ އަހަރުމެންނަށް ކޮށްނުދޭނީކޮންކަމެއްތޯއެވެ.
މީގެ 10 އަހަރު ކުރިން އަހަރެންވެސް ހިތަށްއެރިއެވެ. ސިޔާސީ މަސައްކަތްނުކޮށް އަމިއްލަ ވިޔަފާރިއާއިގެން ގާސިމް ކުރިޔަށް ދިޔަނަމަ މާ ރަނގަޅުވީއެވެ. ނަމަވެސް މިއަދު އަހަރެންގެ ވިސްނުން ވަރަށް ތަފާތެވެ. މިއަދު އަހަރުމެން ދިވެހި ޒުވާނުންނަށް ބޭނުންވަނީ ހަމަ އެކަނި ވަގުތީ ގޮތުން ޖީބުތައް ފުރާލާކަށްނޫނެވެ. ދާއިމީ ގޮތުގައި އަމިއްލަ މަސައްކަތުން އެއްޗެއް ލިބި ލިބި ހުންނަންށެވެ. ލިބޭ އާމްދަނީން މިންވަރަކަށް ބެލުމެއްނެތި އެހީތެރިކަމުގެ އަތެއް ދެންހުންނަ މީހާއަށް ދިއްކޮށްލުމަށެވެ. ހަގީގީ މިލިއަނަރުންނަކީ މީއެވެ.
ދިވެހި ރައްޔިތުންނޭވެ. މިއަދު ސިޔާސީ ވިސްނުން ދޫކޮށްލާފައި ތިމާމެންގެ ކުރިމަގަށް ވިސްނާށެވެ. ދަރީންގެ މުސްތަޤްބަލާ ދޭތެރޭ ވިސްނާށެވެ.
މިއަދު އަހަރުމެން ބޭނުންވަނީ ސިޔާސީ ގޮތުން މަންފާ ހޯދައި ދޭނެ ވެރިއެއް ނޫނެވެ.
ސިޔާސީ ވިސްނުން ދޫކޮށް އިންސާނިއްޔަތުކަން ހުރި ވެރިޔަކު ހޮވަމާ ހިނގާށެވެ. އަމިއްލަ މަސައްކަތުން ރިޒަލްޓް މިހާރުވެސް ދައްކާ ވެރިޔަކު ހޮވަމާ ހިނގާށެވެ. ޤައުމުގެ މުސްތަޤްބަލް އުޖާލާވާނީ އޭރުންނެވެ.
އެއްވެސް އިރަކު ސިޔާސީ ގޮތުން އަހަންނަކީ ގާސިމަށް ތާއީދު ކުރި މީހެއް ނޫން. އެކަމަކުވެސް ގާސިމް ކޮށްދޭ ކަންތައްތައް އަހަރެން އަބަދުވެސް ބަލައިގަންނަން. ރަށްރަށުގެ ތަރައްގީއަށް ކޮށްދޭ ކަންކަންވެސް. އަމިއްލަ ޖީބުން ހަރަދުކޮށްގެން އަހަރުން ރަށުގައި މަސްފެކްޓްރީއެއް އަޅަން ބޭނުންވާ ސާމާނު ގެނައި ކަންމީ ރަށު މީހުންވެސް ދަންނަ ހަގީގަތެއް. އެތައް މިލިޔަން ރުފިޔާގެ ސާމާނު ކަމަކާނުލައި ބޮޑެތިގެއްލުން ދިނީމަ އޭގެ ދެރަ މި ލިބެނީ އަހަރުމެންނަށް. މިވެސް ގިނަ ބަޔަކަށް ވަޒީފާ ލިބޭނެ ކަހަލަ ކަންކަން.
އެހެންވީމަ ކަލޭމެންގެ ރަށުމީހުން ތިކުރީ ވަރަށް މޮޅުކަމެއް
ގެއްލުންދީފަ ޗަކޮއެމެން ތިކިޔަނީ އޭނަ އަޅަންބުނި މަސްފެކުޓުރީއެއް ނާޅައޭ 15 އަހަރު ވީއިރު
ދެން ބަދަލު ހޯދަން ބުނީމަ ސޭޓު ވަރުގެ ނުބައި މީހަކު ނެތް
ހެހެހެ
މަ ނަމަވެސް ތިހެން ހަދައިފިއްޔާ ހަރަދު ކުރި 5 ރުފިޔާ ވިޔަސް ހޯދާނަން
ދެން ކަލޭމެން ތިހެން ހޭރި ހޭރި ތިބޭ
ސޭޓެއް ދެން ދެ ހަރަދެއް ނުކުރާނެއެއްނުން ކަލޭމެންނަށް ވަޒީފާ ދޭކަށް