ރ އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރޭކްޓިންގް ކޮމްޕެނީ އެމް ޓީ ސީ ސީ އިން ހާމަކޮއްފިއެވެ.
އެމް ޓީ ސީ ސީ ފޭސްބުކް މެދުވެރިކޮށް މިއަދު ބުނެފައިވަނީ އެ މަޝްރޫޢުގެ ދަށުން، ދުއްވާ ސަރަޙައްދުގެ ސަބްގްރޭޑް މަސައްކަތްތައް ވަނީ ނިމިފައި ކަމަށާއި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތުގެ 95 ޕަސެންޓް ވަނީ ނިމިފައިކަމަށެެވެ.
28 މިލިޔަން ރުފިޔާ ޚަރަދު ކުރެވޭ މި މަޝްރޫޢުގެ ދަށުން، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭއެވެ.
އެމް ޓީ ސީ ސީ އިން ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދު ތަކުގައި ދަނީ ސަރުކާރުގެ ތަރައްގީގެ މަޝްރޫޢު ތަކުގެ މަސައްކަތް ކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.