ހުވަދޫ މީޑިއާއިން މުޅި ރާއްޖެއަށް ހުޅުވާލައި އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444" ގެ ފަޙުރުވެރި އެއްވަނަ ގއ.ކަނޑުހުޅުދޫ/ ދޯދި އަސްނާ އަލީ ހޯދާފައިވާތީ ކަނޑުހުޅުދޫ ކައުންސިލުން މަރުހަބާ ކިޔައިފިއެވެ. އަސްނާ އަށް މަރުހަބާ ކިޔުމަށް ކައުންސިލް ގައި ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި މަރުހަބާ ކިޔާފައި ވަނީ ކައުންސިލް އަދި ޑަބްލިޔު ޑީ ސީ ގެ މެންބަރުންނެވެ. ހުވަދޫ މަދަޙަ ޗެލެންޖް ގެ ފުރަތަމަ މުބާރާތުގެ ތަރި އަކަށް އަސްނާ ހޮވުމުން އެކަން ފާހަގަ ކުރުމަށް ކައުންސިލް ގައި ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކަނޑުހުޅުދޫ ކައުންސިލް ގެ ނައިބު ރައީސް އިބްރާހީމް ހުސައިން ވިދާޅުވީ ހުވަދޫ ފަދަ ރާއްޖޭގައި ނަން ހިގާ މީޑިއާ އަކުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ވަރަށް ފުރިހަމަކޮށް ކުރިޔަށް ގެންދިޔަ މުބާރާތެއްގައި ވާދަ ކޮށް ކަނޑުހުޅުދޫ ގެ ދަރިޔަކު އެއްވަނަ ޙާސިލު ކުރުމަކީ މުޅި ރަށް އެކަމާ ފަޚުރުވެރިވާ ކަމެއް ކަމަށާއި މިފަދަ ކަންކަމުގައި ރަން ވަނަ ގެނެވޭނެ ކުދިން އެރަށުގައި ގިނަ ކަން ފާހަގަ ކުރައްވިއެވެ. ގއ ކަނޑުހުޅުދޫ ކައުންސިލުން ދަނީ އަސްނާ އަލީ ގެ ކާމިޔާބީ ޚާއްޞަ ރަސްމިއްޔާތުގައި ފާހަގަ ކުރުމަށް ތައްޔާރު ވަމުންނެވެ. އަސްނާ މި މުބާރާތުގެ އެއްވަނަ ހޯދާފައިވާއިރު، މި މުބާރާތުގެ 2 ވަނަ ހޯދާފައިވަނީ އިފާގަތު އިބްރާހިމް އެެވެ. އަދި މުޅި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ މުހައްމަދު މުއާން މުރުތަލާ އެވެ.










ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.