1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

‏ރައީސް ޔާމީން ޖަލުގަ ބަހައްޓަނީ ސިޔާސީ ބޭނުމަށް : އަމްރު

STO MD Amru
ހުވަދޫ ނިއުސް ޓީމް
645ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރީގެ ‏ރައީސް ޔާމީން ޖަލުގަ ބަހައްޓަނީ ސިޔާސީ ބޭނުމަށް ކަމުގައި އެސްޓީއޯ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ

އަމްރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކަމަކީ އެމްޑީޕީއިން 2018 ގަ ވީ ވައުދާއި  އެމްޑީޕީގެ  އަސާސްތަކާ ޚިލާފުކަމެއް ކަމަށާއި

ސިޔާސީ ބޭނުމަށް އެއްވެސް މީހަކު ޖަމުގަ ބަހައްޓައިގެން ނުވާނެ ކަމަށެވެ. އަދި އިންތިޚާބުގަ ވާދަ ނުކުރެވޭގޮތް ވެސް ހަދައިގެން ނުވާނެ ކަމަށް ވެސްއަމްރު ވިދާޅުވެފައިވެއެވެ.

300 × 250

އެމްޑީޕީއިން 2018 ގަ ވީ ވައުދާއި އެމްޑީޕީގެ އަސާސްތަކާ ޚިލާފުކަމެއް , ސިޔާސީ ބޭނުމަށް އެއްވެސް މީހަކު ޖަލުގަ ބަހައްޓައިގެން ނުވާނެ . އަދި އިންތިޚާބުގަ ވާދަ ނުކުރެވޭގޮތް ވެސް ހަދައިގެން ނުވާނެ"

އަމްރު މިއަދު ކުރެއްވިޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/husenamr/status/1668109858741321728?s=46&t=YOMcM7x-FnT57_2QqFS_kQ

ރައީސް ނަޝީދު އިސްވެ ހުންނަވައި އުފެއްދުމަށް މަސައްކަތް ކުރަމުންދާ ދާ ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވާ އަމްރު އެސްޓީއޯގެ މެނޭޖިންގޑައިރެކްޓަރު ކަމުގެ މަގާމުން ވަކިކުރީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ފަރާތުން ޖުމްހޫރީ ޕާޓީ އާއި އެކު މަޝްވަރާބައްދަލުވުންތަކެއް ކުރިއަށް ގެންދަމުން ދަނިކޮށެވެ. ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނަވައި އަމްރު އެ ބައްދަލުވުުމުގައި ބައިވެރިވެފައިވާތީ އޭނާއާ މެދުފިޔަވަޅު އެޅުމަށް އެމްޑީޕީގެ މެމްބަރުން ވަނީ ގޮވާލާފައެވެ.  އަދި އަމްރުވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދުކޮށް އެމަނިކުފާނުގެކެމްޕޭންގައި އިސްކޮށް އުޅުއްވާފައެވެ.

މިހާރު އަމްރު ގެންދަވަނީ ފާޅުގައި ރައީސް ސޯލިހުގެ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

300 × 250

ޚިޔާލު (2)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ފައްސި

    ބުޅާ ގޯނިން ނުކުންނަނީ.

  • އަމާން

    ތިޔަކަން އެންމެންނަށް ވެސް އެނގޭ...ޔާމީނު ކުރިމަތި ލިޔަކަ ނުދޭނެ...ކޮންމެވެސް އެހެން މީހަކު އަވަހަށް ނެރޭ.

ގުޅުންހުރި