ހދ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އަހަރީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. "ހުވަދޫ މީޑިއާ" އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ސިޓީ މޭޔަރ މުހައްމަދު އާތިފް ވިދާޅުވީ މާދަމާ ރޭ އޮންނަ ރަސްމިއްޔާތަށް ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވަނީ ސިޓީ ކައުންސިލް ދައުވަތަކަށް ކަމަށާއި ވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ ޙައިސިއްޔަތުން ކަމަށެވެ. ސިޓީ ކައުންސިލަށް ދެ އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ. އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ސިޓީ ކައުންސިލަށް އެކި ގޮތްގޮތުން އެހީތެރިކަންފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަން ކުރުން އޮންނާނެ ކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ރައީސް ނަޝީދު އެންމެ ފަހުން ކުޅުދުއްފުށީ ސިޓީ އަށް ވަޑައިގެންނެވީ މިދިޔަ އަހަރު ޑިސެމްބަރުމަހުގައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުން އަލަށް އުފައްދަން އުޅޭ "ދަ ޑިމޮކްރެޓްސް" އަށް ވަނީ ސޮއިކޮށްފި އެވެ. މިއާއެކު ކުޅުދުއްފުށީ ކައުންސިލުން ވަނީ ވެރިކަން ކުރާ އެމްޑީޕީ ފޮހެވިގެން ގޮސްފައެވެ. ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި މުޅި ކުޅުދުއްފުށި ކައުންސިލްގެ ހުރިހާ ގޮޑިއެއް ލިބުނީ އެމްޑީޕީއަށެވެ.

ރައީސް ނަޝީދު އާއި އެމަނިކުފާނުގެ ވަފާތެރި މެންބަރުން ކުރިއަށް ނެރުއްވާ އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" އަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުން ސޮއިކޮށްފައި ވަނީ 30 މެއި ގައެވެ. އެ ސިޓީގެ މޭޔަރާއި ކައުންސިލްގެ ހަ މެންބަރުން ވެސް ވަނީ އާ ޕާޓީއަށް ސޮއިކޮށް މެންބާޝިޕް ފޯމް "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި އިސްކޮށް ހުންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފާ ހަވާލު ކުރައްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.