1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކިހާދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ: ވަޒީރު ގީލާ

ސިއްހީ ކަންކަމާއި އާއިލާއާއި ދުޅަަހެޔޮކަމާ ބެހޭ ވަޒީރު ގީލާ އަލީ
މަރްޔަމް ޝަފާ ސައީދު
266ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބ.ކިހާދޫ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމި، އައު އިމާރާތުގެ ބޭނުން ކުރަން ފެށޭނެ ކަމަށް ސިއްހީ ކަންކަމާއި އާއިލާއާއި ދުޅަަހެޔޮކަމާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ ކިހާދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށާއި، އެ މަސައްކަތް މިހާރު ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްދާ ކަމަށެވެ. މި މަޝްރޫއަށް ބޭނުންވާ މީހުންނާއި ތަކެތި މިހާރު އެ ރަށަށް ފޮނުވާފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ހަތް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތް އަންނަ އަހަރު މުޅިން ނިމޭނެ ކަމަށެވެ.

އިމާރާތުގެ މަސައްކަތް ކުރިއަށްދާއިރު، އެ މަރުކަޒުން ލިބޭ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކިހާދޫގައި ލެބޯޓަރީގެ ހިދުމަތް ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ހިދުމަތުގެ ދަށުން އާއްމު ބަލިތަކަށް ބޭނުންވާ 13 ވައްތަރެއްގެ ޓެސްޓު މިހާރު އެ ރަށުން ހެދޭނެއެވެ.

300 × 250

"ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ މުހިއްމު އެއްކަމަކީ ބަލިތައް ތަހުލީލުކުރެވޭނެ ނިޒާމެއް ގާއިމުކުރުން. އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައި ރަށުގައި ހުރެގެން އާއްމު ބަލިތަކަށް ބޭނުންވާ 13 ވައްތަރެއްގެ ޓެސްޓެއް ޕޮއިންޓް އޮފް ކެއާގެ ތެރެއިން ހެދޭނެ އިންތިޒާމު މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައިވަނީ ހަމަޖައްސަވާފައި،" ވަޒީރު ވިދާޅުވިއެވެ. މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކުން އެ ރަށުގައި ގާއިމުކޮށްފައިވާ ހިދުމަތެއް ނޫންކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ކިހާދޫ ސިއްހީ މަރުކަޒުގައި މިވަގުތު 16 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، އޭގެ ތެރޭގައި އާއްމު ބަލިތަކުގެ ޑޮކްޓަރަކާއި ނަރުހުން ހިމެނެއެވެ. މީގެ އިތުރުން، ނިމިދިޔަ އަހަރު އެ ރަށަށް އައު އެމްބިއުލާންސެއް ފޯރުކޮށްދީފައިވާ ކަމަށާއި، ލެބޯޓަރީގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް މި އަހަރުގެ ތެރޭގައި އިތުރު މުވައްޒަފުން ހަމަޖެހިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ގީލާ އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހަމައެކަނި އިމާރާތްތަކެއް ބިނާކުރުން ނޫން ކަމަށާއި، އެންމެ ބޮޑު އިސްކަމެއް ދެނީ ކޮންމެ ރައްޔިތަކަށްވެސް އެ މީހަކު ދިރިއުޅޭ ރަށަކުން ފަސޭހަކަމާއެކު ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި