1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫ "އާބާދީއަށް55 " އަހަރު ފުރުން ކުލަގަދަކޮށް އޮގަސްޓް 22 ގައި ފާހަގަ ކުރަނީ

5AF61297-7FDF-400A-B29B-40AD835F1504
ތިނަދޫ މިއުޒިއަމް ޕާކް-- ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު
ހުވަދޫ ނިއުސް ޓީމް
800ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ ތިނަދޫގައި 2 ވަނަ ފަހަރަށް މީހުން އާބާދުވާން ފެށިތާ 55 އަހަރު ފުރުން ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަން ތިނަދޫ ކައުންސިލުން ނިންމައި އެކަމުގެ މަޝްވަރާތައް ފަށައިފިއެވެ.

1962 ވަނަ އަހަރު ތިނަދޫ މީހުން ރަށުން ބޭލުމަށް ފަހު 1966 ގެ އޮގަސްޓް 22 ގައި އަލުން އާބާދުވުމަށް ސަރުކާރުން ހުއްދަ ދިންތާ 55 އަހަރު ފުރުން މި އޮގަސްޓް 22 ފާހަގަ ކުރުމަށް ނިންމައި މިހާރު ވަނީ ރަށުގެ ކްލަބް ޖަމްޢިއްޔާތަކާ މަޝްވަރާ ކޮށްފައެވެ. އަދި ރަށުގެ ހުރިހާ އޮފީސް ތަކާއެކު އިތުރު މަޝްވަރާތައް މާދަމާ ކުރިޔަށް ގެންދިއުމަށް ތިނަދޫ ކައުންސިލުންދަނީ ތައްޔާރު ވަމުންނެވެ.

ތިނަދޫ ކައުނަސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވީ އަހަރު ތަކަށްފަހު އާބާދީ ދުވަސް ފާހަގަ ކުރާނީ ވީހާވެސް ކުލަ ގަދަކޮށް ކަމަށާއި އެގޮތުން މުޅިރަށް ބޮކި ފަތިން ދިއްލުމާއި ރަސްމީ ފާލަމުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށްފަހު އެތަންވެސް ހުންނަން ޖެހޭ ގޮތަށް ދިއްލުމުގެ އިތުރަށް އާޓް ގެލެރީއެއް ބޭއްވުމާއި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޚާއްޞަ ކުޅިވަރުތައް ބާއްވަން ނިންމާފައިވާކަމަށެވެ.

300 × 250

މީގެ އިތުރުން ރަށުގެ 2 ސަރަހައްދެއްގައި ދުވަހާގުޅޭ 2 ގިޑިގެ ހެދުމާއި އިތުރު ޙަރަކާތްތައް ބޭއްވުމަށް މަޝްވަރާ ކުރަމުންދާކަމަށެވެ.

އޮގަސްޓް 22 ގެ ޙަރަކާތްތައް ކުރިޔަށް ގެންދިއުމަށް މިއަދު ކްލަބް ޖަމްއިއްޔާތަކާ އެކު ބޭއްވި ބައްދަލުވުމުގައި ހުރިހާ ކްލަބަކުންވެސް ވަނީ ވީއެންމެ ކުލަގަދަކޮށް އެދުވަސް ފާހަގަ ކުރުމަށް އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ.

ތިނަދޫ ގެ 55 ވަނަ އާބާދީ ދުވަސް ފާހަގަ ކުރުމަށް ނިންމާފައިވާ ތަނަކީ އާބާދީ 50 ފާހަގަކުރުމަށް ޚާއްޞަކޮށް ތިނަދޫގައި ހެދި މިއުޒިއަމް ޕާކެވެ. އެ ތަނުގައި ކުރެވެންހުރި މަރާމާތެއްކޮށް ވެވުނު އެންމެ ބޮޑަކަށް ތައްޔާރު ކޮށްގެންނެވެ. ގިނަ ޙަރަކާތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އެ ތަނުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި