ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލިން ގެއްލިގެން ހޯދަމުން ދިޔަ ގއ ވިލިނގިލީ ރަތްވިލާއާގެ ،އަސަދު އަހްމަދު ފެނިއްޖެއެވެ.
އޭނާ ގެއްލިގެން އުޅޭތީ ބުރާސްފަތި ދުވަހުގެ ރޭ 01:10 ހާއިރު ރިޕޯޓު ކުރިއިރު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލާ ރައްޔިތުން ވަގުތުން ފެށިއެވެ.
އެގޮތުން ކުރި މަސައްކަތުން އޭނާ ފެނުނީ ރޭ މެންދަމު ތިނެއް ޖަހާލާހާއިރު ގެއެއްގެ ތެރޭގައި ފިލާ އޮއްވާކަމަށް އެ ރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ. އެއީ އޭނާގެ ބޭބެއެއްގެ ގެއެކެވެ. އެ ގޭގެ މީހުން މިހާރު ދިރިއުޅެނީ މާލޭގައި އަދި މިހާރު އެ ގޭގައި ދިރިއުޅެނީ ބަނގްލަދޭޝް ގެ ބަޔަކު ކަމަށް ވެސް އޭނާ ބުންޏެވެ.
ފެނުނުއިރު އޭނާއަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ. ހުރީ ހެޔޮހާލުގައެވެ.







ޚިޔާލު (1)
ތީ ވިލިނގިލީ އަތޮޅު ކައުންސިލްގެ ކޮއްކޮއެއް.. ހުސް ވަގުން އުޅެނީ... އަނެއްކާ އެހާ ބޮޑާ ވެގެން އުޅޭ މީހުން އުޅެނީ..