ގދ. ރަތަފަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ދަނީ ބާރު ސްޕީޑުގައި ކުރިއަށް ކަމަށް ހާމަކުރައްވައިފިއެވެ.
އެ މަޝްރޫއުގެ އަދާހަމަ ދެއްވާ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަޝްރޫއުގެ ދަށުން މިހާރު ރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ އިތުރުން އެއްގަމު ތޮށީގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 905 ފޫޓު ދިގު އަދި 300 ފޫޓު ފުޅާ ބަނދަރެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، 70 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 40 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 280 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.