1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތާރީޚު ބަދަލުކޮށް ހޯނޑެއްދޫ ޑަބްލިއުޑީސީ މެމްބަރު ކަމަށް ޕީޕީއެމް ކެންޑިޑޭޓެއް

nazrana
ހުވަދޫ ނިއުސް ޓީމް
611ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަދު ކުރިޔަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން، ތަފާތު ބޮޑު ތަފާތަކާއެކު ކާމިޔާބުކޮށް، ހޯނޑެއްދޫ ޕީޕީއެމް ކެންޑިޑޭޓް ތާރީޚް ބަދަލު ކޮށްލައިފިއެވެ.

މި އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ނަޒުރާނާ ހުސައިނަށް 204 ވޯޓު ލިބިފައިވާއިރު، އޭނާއާއި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ލިޒުނާ ނަސީރަށް ލިބިފައިވަނީ 86 ވޯޓެވެ. މިއީ 118 ވޯޓުގެ ތަފާތެކެވެ. މި އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރި މައިމޫނަތު ޝަރީފުއަށް ލިބިފައި ވަނީ 76 ވޯޓެވެ.
ގދ. ހޯނޑެއްދޫއަކީ ސިޔާސީގޮތުން އެމްޑީޕީގެ ރަށެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ރަށެއްކަން ފާހަގަ ކޮށްލަންޖެހެއެވެ. އެގޮތުން އެރަށުގެ ކައުންސިލުގެ ހުރިހާ މެމްބަރުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ. އަދި މީގެ ކުރިން މުޅި އަންހެނުންގެ ކޮމިޓީގައިވެސް ތިއްބެވީ އެމްޑީޕީ މެމްބަރުންނެވެ.

hodedhoo

300 × 250

ހޯނޑެއްދޫއިން ވާހަކަ ދެއްކި ޒުވާނަކު ހުވަދޫއަށް މަޢުލޫމާތު ދިން ގޮތުގައި މިއީ އެމްޑީޕީގެ މައްޗަަށް ކުރި ހޯދައި ޕީޕީއެމް އަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. މީގެ ކުރިން ޕީޕީއެމް އަށް އތމ ގެ ގޮނޑިއެއް ލިބިފައި ނުވެއެވެ.

ހޯނޑެއްދޫ އތމ ކޮމެޓީގެ ބައި އިލެކްޝަން ޕީޕީއެމް އިން ކާމިޔާބު ކޮށްފައިވާއިރު، މިއަދު ރާއްޖޭގައި އިތުރު 8 ދާއިރާއެއްގައި އތމ ކޮމެޓީތަކުގެ ބައި އިލެކްޝަން ކުރިޔަށް ގެންގޮސްފައި ވެއެވެ. އަދި މީގެ ތެރެއިން 5 ދާއިރާއެއް ޕީޕީއެމް އިން ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން ލ. މާމެންދޫ، މ. ވޭވަށް، ކ. ދިއްފުށި، ހދ. ފިނޭގެ އިތުރުން ގދ. ހޯނޑެއްދޫ ގެ ބައި އިލެކްޝަން ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމް އިންނެވެ.

https://twitter.com/huvadhoomedia/status/1670082490843951106?s=20

ޕީޕީއެމް ގެ ނައިބު ރައީށް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ އިންތިޚާބަށް 2 މަހަށް ވެފައިވަނިކޮށް ބޭއްވުނު 8 ބައި އިލެކްޝަނުން 5 ބައި އިލެކްޝަން ޕީޕީއެމް އިން ކާމިޔާބު ކުރުމުން، ރައްޔިތުން ތިބި ގޮތް ވަރަށް ސާފުކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި