ޝަރުއީ ދާއިރާގެ މުވައްޒިފުންނަށް ސިޔާސީ ކަންކަމުގައި އުޅެވޭ ގޮތަށް އުސޫލު ބަދަލުކޮށް، އެ ދާއިރާގެ މުވައްޒަފުންގެ "ކޯޑް އޮފް ކޮންޑަޓް" އާންމުކޮށްފިއެވެ.
ޝަރުއީ ދާއިރާގައި 2011 ވަނަ އަހަރުން ފެށިގެން ސިޔާސީ ޕާޓީއެއް ނުވަތަ ކެންޑިޑޭޓެއްގެ ކާމިޔާބީ އާއި ކުރިއެރުމާއި އަދި އެފަދަ މީހެއްގެ ކުރިއެރުމަށް ހުރަސް އަޅާ ހުރިހާ ކަމަކުން ޝަރުއީ ދާއިރާގެ މުވައްޒަފުން ދުރުވާންޖެހޭ ގަވާއިދެއް ވެއެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމުކުރި ކޯޑް އޮފް ކޮންޑަކްޓްގައި ވަނީ ސިޔާސީ ހަރަކާތްތަކުގައި މުވައްޒަފުން ބައިވެރިވުމާ ބެހޭ ބާބު އެކީ އުވާލައިފަ އެވެ.
އާ ކޯޑް އޮފް ކޮންޑަކްޓްގައި ވަނީ ޝަރުއީ ދާއިރާގެ އިތުބާރަށް އުނިކަން އަތުވެދާނެ ފަދަ ކަންކަމުން ދުރުވާން ޖެހޭނެ ކަމަށާއި އޭގެ ތެރޭގައި ސިޔާސީ ހަރަކާތްތައް ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެ މާއްދާގައި އެހެން އޮތަސް އެ ދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ޕާޓީއެއް ނުވަސް ސިޔާސީ ހަރަކާތެއްގެ މެމްބަރަކަށް ވުމާއި ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި ވޯޓުލުން މަނާ ނޫންކަމަށް އާ ކޯޑް އޮފް ކޮންޑަކްޓްގައި މިހާރު ވެއެވެ.
ކޯޑް އޮފް ކޮންޑަކްޓްގައި އެ ބައި ހިމަނާފައި ވަނީ "ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމާއި އިތުބާރު ހިފެހެއްޓުން" މާއްދާގެ ދަށުންނެވެ.







ޚިޔާލު (1)
ތިޔަހެދީ އަނެއްކާ އަނެއްގޯސް..ބަލައްޗޭ ވާގޮތް. ޝަރަފުވެރި ބައެއްގެ އަގު ވެއްޓި އެމީހުން ހަވަރަށް ތިޔަ ދިނީ.