އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023އަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދާ ތަމްރީންތަކަކަށް ބާރު ދުވުންތެރިޔާ އިބްރާހިމް ނާހިލް ނިޒާރު އާއި ނުޖޫމް ހަސަން އިންޑިއާއަށް ފުރައިފިއެވެ.
މި މުބާރާތައް ތައްޔާރުވުމުުގެ ގޮތުން ރާއްޖޭގެ ގައުމީ އެތްލެޓިކްސް ސްކޮޑް މިހާރު ވެސް ދަނީ އިންޑިއާގައި ތަމްރީން ހަދަމުންނެެވެ. އިންޑިއާގައި ގައުމީ އެތުލީޓުން ތަމްރީންތައް ހަދަމުންދާއިރު ޖެމެއިކާގައިވެސް 4 އެތުލީޓަކު ދަނީ ތަމްރީން ހަދަމުންނެވެ. ނާހިލް އަދި ނުޖޫމްގެ ތަމްރީންތައް ކުރިޔަށްދަނީ ގައުމީ ކޯޗު އަޙްމަދު ފާއިލުގެ ބެލުމުގެ ދަށުންނެވެ.
މި ދެ އެތުލީޓުންނަކީވެސް ގދ ތިނަދޫއަށް ނިސްބަތްވާ 2 އެތުލީޓުންކަން ފާހަގަ ކޮށްލެވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.