ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ޖަލުގައި ބަހައްޓައިން އެމަނިކުފާނުގެ އެކި ޗަރީއަތްތަކަށް ނުފދޫޒު ފޯރުވައި، ދެމުންދާ އަނިޔާތަކާއި ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ރައީށް އިބްރާހިމް މުހައްމަދު ޞާލިހްއަށް ޕީޕީއެމް އަދި ޕީއެންސީގެ ލީޑާރޝިޕްއިންވަނީ އިއްޔެ ލިޔުމަކުން އެދިވަޑައިގެންފައިއެވެ.
އެބޭފުޅުންގެ ލިޔުމަށް ޖަވާބު ދެއްވައި ރައީސް އޮފީހުން މިއަދު ވަނީ އެ ދެ ޕާޓިގެ ފަރާތްތަކާއި ބައްދަލުކުރެވެން ނެތްކަމަށް އަންގާފައެވެ.
އެބޭފުޅުންގެ ސިޓީއަށް ޖަވާބުދެއްވައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވައި ފޮނުވި ސިޓީގައިވަނީ ރައީސް ޔާމީން މި ވަގުތު ތަންފީޒުކުރަމުން ދަނީ ޝަރުއީ ކޯޓަކުން އިއްވާފައިވާ ހުކުމެއް ކަމަށެވެ. އަދި އެ ސިޓީއާ ރައީސް ސޯލިހާއި ގުޅުމެއް ނެތް ކަމަށާއި މީހަކަށް އަނިޔާއެއް ދިނުމަކީ ރައީސް ސޯލިހު ކުރައްވާނެ ކަމެއް ވެސް ނޫން ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ އިސްތިއުނާފްގެ ޝަރީއަތް ކުރިއަށް ދާ މި ދަނޑިވަޅު އެ މައްސަލައިގެ ތެރެއަށް ވަދެވަޑައިގެން އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުންނާ ބައްދަލު ކުރެއްވުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް ސިޓީގައި ބުނެފައި ވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.