1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަސްތުން ސާފް މުޖުތަމަޢުއެއް ބިނާކުރުމަށް ގިނަބަޔަކާ އަތުގުޅައި "ގިރިންދާ" އިފުތިތާހުކޮށްފި

grindhaa
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ މަޤްސަދުގައި އުފެއްދި "ގިރިންދާ" ޖަމިއްޔާގެ އިފްތިތާހީ ޖަލްސާގެ ތެރެއިން --ފޮޓޯ:ތިނަދޫ ކައުންސިލް
މުހައްމަދު އަޚްތަރު
1,495ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަސްތުވާތަކެތީގެ ނުރައްކާތެރި ކަމުގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމައުއަށް ގެނައުމަށާއި މަސްތުން ސާފް މުޖުތަމަޢުއެއް ބިނާކުރުމަށް އަދި މަސްތުވާ ތަކެތިން މިންޖުވުމަށް ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަގްސަދުގައި އުފެއްދި ގިރިންދާ ޖަމިއްޔާ އިފުތިތާހުކޮށްފި އެވެ. މި ޖަމިއްޔާ އިފްތިތާޙް ކުރުމަށް ރޭ ގދތިނަދޫ އާބާދީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވަނީ ގިރިންދާ ގެ ލޯގޯ އިފްތިތާޙް ކޮށްފައެވެ. މި ނަންބަރު ފުރިހަމަ ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ، ތިނަދޫ ރައީސް ސައުދު ޢަލީ އެވެ. މީގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި ވަނީ ގިރިންދާ ޖަމިއްޔާ އާއި ބެހޭ ވީޑިއޯ ރިޕޯޓެއް ދެއްކުމާއި ޖަމްޢިއްޔާގެ ބޯޑު މެންބަރުންނާއި އާންމު މެމްބަރުން ތައާރަފު ކޮށް ލިޔުން ހަވާލު ކޮށްފައެވެ.

thinadhoo Council

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ މަޤްސަދުގައި އުފެއްދި "ގިރިންދާ" ޖަމިއްޔާގެ އިފްތިތާހީ ޖަލްސާގެ ތެރެއިން --ފޮޓޯ:ތިނަދޫ ކައުންސިލް "ގިރިންދާ"ގެ މުއައްސިސުންނަކީ ގދ ތިނަދޫ އަބްދުއްލާ ޝާފިޒް(ނިއުޒީލް), ، މުޙައްމަދު ޝަރީފް (ފުސްތުޅާ) ، އާދަމް މަނިކް(މޯމެންޓް)އަދި މުޙައްމަދު ޒާހިރު (މުނިޔާ)އެވެ. ޖަމްޢިއްޔާގެ ރައީސަކީ މުޙައްމަދު ޖާވިދު( އަސަރީގެ )ނައިބް ރައިސަކީ ހުސައިން އާދަމް( ރިވެލް ފިޝް) އެވެ.

300 × 250
grindhaa

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ މަޤްސަދުގައި އުފެއްދި "ގިރިންދާ" ޖަމިއްޔާގެ އިފްތިތާހީ ޖަލްސާގެ ތެރެއިން --ފޮޓޯ:ތިނަދޫ ކައުންސިލް ތިނަދޫގެ އެކި އެކި މުޢައްސަސާ ތަކުގެ ވެރިންނާއި ޖަމްޢިއްޔާ ތަކުގެ އިސް ފަރާތްތަކުން ބައިވެރިވި ރޭގެ ރަސްމިއްޔާތުގައި ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ގިރިންދާ ގުޅިގެން ހިންގި ތަމްރީނު ޕްރޮގްރާމް ގެ 24 ބައިވެރިންނަށް ހަނދާނީލިޔުން ވަނީ ޙަވާލު ކޮށްފައެވެ. ރޭގެ ރަސްމިއްޔާތުގައި ތިނަދޫ ރައީސް ސައުދު ޢަލީ އާއި ތިނަދޫ ޑަބްލިއު ޑީ ސީ ރައީސް ޖީޒާ ޙަސަން އާއި "ގިރިންދާ"ގެ މުއައްސިސް އަބްދުއްލާ ޝާފިޒް އަދި މުޙައްމަދު ޝަރީފްގެ އިތުރުން ޖަމްޢިއްޔާގެ ރައީސް މުޙައްމަދު ޖާވިދު ވަނީ ވާހަކަ ދެއްކެވިއެވެ. ގިރިންދާ ޖަމިއްޔާ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ގދ އަތޮޅު ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ ބައިވެރިވެ ވަޑައިގެންނެވި އެވެ.

grindhaa

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ މަޤްސަދުގައި އުފެއްދި "ގިރިންދާ" ޖަމިއްޔާގެ އިފްތިތާހީ ޖަލްސާގެ ތެރެއިން --ފޮޓޯ:ތިނަދޫ ކައުންސިލް ޖަމްޢިއްޔާގެ މަޤްސަދަކީ މަސްތުވާތަކެތީގެ ބަލީގައި އުޅޭ ކުދިންނާއި މީހުންނަށް އެހީތެރިވުމާއި އެފަދަ ފަރާތްތައް ރަނގަޅު ގޮތުގައި މުޖުތަމަޢުއަށް ނެރެ ސަލާމަތްވެ ތިބުމަށް ފޯރުކޮށްދެވޭނެ ހުނަރާއި މަޢުލޫމާތުދީ ހޭލުންތެރިކަން އިތުރު ކޮށް ދިނުނުމެވެ. ގިރިންދާ ހޯމް މިނިސްޓަރީ ގައި ރަޖިސްޓަރީ ކޮއްފައި ވަނީ 23 ފެބްރުވަރީ 2023 ގައެވެ.

grindhaa

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ މަޤްސަދުގައި އުފެއްދި "ގިރިންދާ" ޖަމިއްޔާގެ އިފްތިތާހީ ޖަލްސާގެ ތެރެއިން --ފޮޓޯ:ތިނަދޫ ކައުންސިލް "ގިރިންދާ" މި ބަހަކީ ކުރީ ޒަމާނުގައި ތިނަދޫ ގައި ބޭނުން ކުރާ ބަހެކެވެ. މާނަޔަކީ ކަންކަމުގައި ގަދައަޅައި މަސައްކަތް ކުރުމެވެ. ގިރިންދާ ނަމުގައި ޖަމްޢިއްޔާ ރަޖިސްޓަރީ ކުރުމުގެ ކުރިން ވެސް މި ޖަމްޢިއްޔާ ގެ އިސް ފަރާތްތަކުން ވަނީ ކޮމިއުނިޓީ ސަޕޯޓް ގުރޫޕެއްގެ ގެ ގޮތުގައި ތިނަދޫ ގައި ހަރަކާތްތެރިވެފައެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި