ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު އަދި މަޖިލީހުގެ ނައިބު ރައިސް އީވާ ވަކިކުރުމަށް މަޖިލ؛ީހަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން، މަޖިލީހުގެ މަސައްކަތް ހުއްޓިފައި ވާތީ އެކަން ހައްލުކުރުމަށް ކޯޓަށް ދާން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހަކީ ދައުލަތުގެ ބާރަށް ވާތީ އާއި އެކު މަޖިލީހުގެ ކަންކަން މަޖިލީހުގެ ތެރެއިން ހަމަޖެއްސުމަށް އެމްޑީޕީ ތެރެއިން މަސައްކަތް ކުރައްވާކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ، އެ މައްސަލަ އެފަދައިން ހައްލުނުވެ ކޯޓަށް ދާނެ ޖެހިއްޖެނަމަ އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
މީގެ އިތުރުން މަޖިލީހަކީ ވަރަށް ބާރުވެރި ތަނެއްކަން ފާހަގަކޮަށް އަސްލަމް ވިދާޅުވީ ގާނޫނު އަސާސީގައި އެހެން ހުރިހާ ބާބުތަކަށްވުރެ ފުޅާކޮށް، މަޖިލީހާއި ބެހޭ ބާބެއް އޮތުންކަމަށެވެ. އެގޮތުން، ތިން ބާރަކަށް ދައުލަތް ބެހިގެން ދާއިރު، އަދި ދައުލަތުގެ އެންމެ މަތީވެރިއަކީ ރައީސުލްޖުމްހޫރިއްޔާއަށް ވީކަމުގައި ވިޔަސް ރައްޔިތުންގެ މަޖިލީހަކީ ވަރަށް ބާރުވެރިކޮށް އޮތް މަޖިލީހެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އަދި ގާނޫނުއަސާސީން އެ ބާރުވެރިކަން ވަރަށް ސާފުކޮށް ފެންނަަންއޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުގެންދެވި ހުއްޓިފައިވަނީ ދައުރު ނިމެން 10 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބުރައީސް އީވާ ވަކިކުރުމުގެ މައްސަލަ އެމްޑީޕީން ހުށަހެޅުމާ ގުޅިގެން ނަޝީދު ނިންމެވި ނިންމެވުމެއްގެ ސަބަބުންނެވެ. އެމަނިކުފާނު ނިންމެވީ މަޖިލީހުގެ ރިޔާސަތު ބެލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. މަޖިލީހުގައި އެންމެ ފަހުން ބޭއްވި ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނަޝީދު ކަނޑައެޅުއްވި ގޮތަށް، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.







ޚިޔާލު (1)
ދާންޖެހިއްޖެނަމަކިޔާކަށްނުޖެހޭދިއުންމާލަސްވެއްޖެ