ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި ވިމެން އިން މެނޭޖްމަންޓް (ވިމް) ގްލޯބަލް ޓޮޕް 50 އެވޯޑް ރާއްޖޭގެ ތިން އަންހެން ކަބަލަކަށް ލިބިއްޖެއެވެ.
މި ހަރަކާތުގައި ވިމެން އިން މެނޭޖްމަންޓް (ވިމް) ގްލޯބަލް ޓޮޕް 50 އެވޯޑް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ އާއި އައިޝަތު ޝަފީގަށް ވަނީ ލިބިފަ އެވެ. މީގެ އިތުރުން ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސްގެ އެކްސްކޯ މެމްބަރު މިސް އިޝާނާ ވަލީދަށް "ވިމް މެމްބަރ އޮފް ދަ އިޔާ އެވޯޑް" ވަނީ ލިބިފައެވެ.
ވިމް އިން މި އެވޯޑުތައް ހަފުތާ ބަންދުގައި ކުރިއަށް ގެންދިޔައިރު، މިދިޔަ ބުރާސްފަތި ދުވަހު ފެށި ތިން ދުވަހުގެ ފޯރަމަކާ އެކު އެވެ. ވިމެން އިކޮނޮމިކް ފޯރަމްގެ ދެ ޕެނަލެއްގައި ރާއްޖެއިން ވަނީ ބައިވެރިވެފަ އެވެ.
ވިމެން އިން މެނޭޖްމަންޓަކީ އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އެމީހުންގެ ދިވެހި ޗެޕްޓަރު 2017 ވަނަ އަހަރު އިފްތިތާހުކުރި އިރު، އޭގެ ފަހުން އެ މީހުން ވަނީ އެ މީހުންގެ ހައްގުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.







ޚިޔާލު (1)
ލަންކާ އިން ލިބޭ އެވޯޑަކީ އަމިއްލައަށް ގަނެވޭ އެއްޗެއްނު