1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަޖިލީހުގެ ހުއްޓިފައިވާ ޖަލްސާތައް ނިންމުމަކަށް ގެންނަން އިދިކޮޅުން އެދިއްޖެ

368098_3_280a8c7c60d1304273d259c4e4fd7771b0ff7343_large
އައިޝަތު ސަދާ ސަޢީދު
281ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުން މަޖިލީހުގެ މިހާރު ހުއްޓިފައިވާ ޖަލްސާތައް ނިިންމުމަކަށް ގެނެސް މަހޖިލީހުގެ ރިޔާސަތާތި ހަވާލުވެ ދެއްވުމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އަރިހުން އިދިކޮޅު މެންބަރުން އެދިއްޖެއެވެ.

މަޖިލީހުގެ ޖަލްސާތައް ހުއްޓިފައިވަނީ، ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން އިސްވެ ހުށަހެޅުމާއި ގުޅިގެންނެވެ. އެ މައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެ ވަޑައިގަންނަވާކަމަށް ބުނެފައެވެ.

އެމްޑީޕީގެ އިސް މެމްބަރުން ބުނެފައިވާ ގޮތުގައި ނަޝީދު އެފަދައިން އަމަލުތައް ބަހައްޓަވަނީ މަޖިލީހަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދެވުމަށެވެ. މަޖިޅިކހުގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ނެތިވެގެން އިއްޔެއާއި މިއަދުގެ ޖަލްސާ ތާވަލުކޮށްފައެއް ނުވެއެވެ. މަޖިލީހުގެ ޖަލްސާތައް ހުއްޓިފައިވުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ޕީޕީއެމްގެ ފަރާތްތައް ވަނީ މިއަދު މަޖިލީސް ކައިރިއަށް ވަޑައިގެންފައެވެ. ނަމަވެސް މަޖިލީސް ތަޅުލާފައި ހުރުމުން ވަދެވަޑައެއް ނުގަނެވުނެވެ.

300 × 250

ރާއްޖޭގެ މީޑިއާކަށް ދީފައިވާ އިންޓަވިއުއެއްގައި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާލުވެފައިވަނީ ޖަލްސާތައް މެދުކެޑިފައިވާ މައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން ޖަލްސާތައް ހުއްޓުވާފައިވަނީ ސަރުކާރުގެ ޕްލޭންއެއްގެ ދަށުން ސަރުކާރު ޒިންމާދާރު ކުރުވިޔަ ނުދޭންކަމަށްވެސް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުންތައް ތުހުމަތު ކުރެއެވެ.

 

 

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި