ގދ ރަތަފަންދޫ ޒުވާނުންގެ ކުޅިވަރު ކުރިއަރުވަން ސަރުކާރުން އެއްވެސް ސަމާލުކަމެއް ނުދޭކަމަށް ރަތަފަންދޫ ރައީސް މުހައްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރަށުގެ ތަރައްޤީ އާއި ޒުވާނުންގެ ކުރިމަގާއި ބެހޭގޮތުން " ހުވަދޫ " މީޑިއާ އަށް މައުލޫމާތު ދެއްވަމުން ރަތަފަންދޫ ރައީސް ވިދާޅުވީ އެ ރަށުގައި ތަރައްޤީ ބައެއް މަޝްރޫޢުތައް އެބަ ހިނގާ ކަމަށާއި ނަމަވެސް މި ސަރުކާރުން އެރަށުގެ ޒުވާނުން ވަނީ ބާކީ ކޮއްފައި ކަމަށެވެ.

ރަތަފަންދޫގައި ފުޓްބޯޅަ ކުޅެން ބޭނުންކުރި ދަނޑުގެ ބޮޑު ބައެއްގައި ބިޔަ ގަސްތައް ހެދި ބޭނުން ނުކުރެވޭ ވަރުވެފައި. ހުވަދޫ ފޮޓޯ : އަޚްތަރު
މި މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވަނީ މިހާރުގެ ޔޫތު މިނިސްޓަރ ޢަހުމަދު މަޙްލޫފް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން އޭނާ ވިދާޅުވީ ރަތަފަންދޫ އަކީ ކުޅިވަރަށް ވަރަށް ލޯބި ކުރާ ޒުވާނުން ތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި ޒުވާނުންނަށްޓަކައި ސަރުކާރުން ކަންކަން ކޮއްފައި ނުވި ނަމަވެސް އަމިއްލަ ހިތްވަރާއި ހޭދައިން ކުޅިވަރު ކުޅެ ކުރިއަރަން މަސައްކަތް ކުރާ ބަޔަކު ތިބި ރަށެއް ކަމަށެވެ.
"އެހެން ރަށް ރަށުގައި ޒުވާނުންގެ މަރުކަޒު ތަކާއި އެކި ކުޅިވަރު ތަކަށް ޚާއްޞަ އެތައް ކަމެއް ކުރާ އިރު ރަތަފަންދޫ އޮތީ ދޫކޮށްލާފައި މިނިސްޓަރ ގެ އިހުމާލު އެއީ " ރަތަފަންދޫ ރައީސް ވިދާޅުވިއެވެ.
ރައީސް މުހައްމަދު އަބްދުﷲ ވިދާޅުވީ ރަށުގެ ޒުވާނުން ކުޅިވަރަށްދޭ ސަމާލުކަން ފާހަގަ ވާތީ އެމީހުން އެދޭ ކޮންމެ ކަމެއްގައި ރަށު ކައުންސިލްގެ އެއްބާރުލުން ދެމުންދާ ކަމަށާއި އަދި އަބަދުވެސް އެކަން ކުރިޔަށް ގެންދާނެ ކަމަށެވެ. އޭގެ ސަބަބަކީ ސަރުކާރުން ނުވަތަ އެހެން ބަޔަކު ޒުވާނުންނާ އަޅާނުލުން ކަމަށާއި ނަމަވެސް ކައުންސިލަށް ވެސް ކުރެވޭނީ ކުރެވޭނެ ވަރަކަށް ކަމަށެވެ.

ރަތަފަންދޫ ޒުވާނުން އަމިއްލައަށް ހަދާފައިވާ ކޯޓުގައި ވޮލީ ކުޅެނީ
ރަތަފަންދޫގައި ކުޅިވަރަށް ޚާއްސަކޮށް ފުޓްސަލް ،ބަށި އަދި އަންހެނުންނަށް ވޮލީ ކުޅެވޭނެ ތަނެއް ހަދާފައި ވަނީ މީގެ 6 އަހަރު ކުރިން ރައީސް ޔާމީން ގެ ވެރިކަމުގައެވެ. މި ސަރުކާރު ފެށުނު ތަނާހެން އެތަނުގައި ހުރި ބައެއް މަރާމާތްތައް ވަނީ ކޮއްފައެވެ. އޭގެ އިތުރުން ކުޅިވަރު ކުޅުމަށް ޚާއްޞަ އެއްވެސް ތަނެއް ރަތަފަންދޫ ގައި ނުހުރެއެވެ.
ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ އަކީ އަތޮޅުގެ އެހެން ރަށްރަށުގައި މުބާރާތްތައް ބާއްވާ އުސޫލުން މުބާރާތްތައް ބޭއްވުމާއި ރަށުން ބޭރުގައި ބާއްވާ މުބާރާތްތަކާ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވާ ރަށެކެވެ. ޚާއްސަކޮށް ވޮލީ ފަދަ ކުޅިވަރުތައް ރަށުގެ ހުސްތަންތާގައި ކުޅެ, ފަރިތަކޮށް މުބާރާތް ތަކުގައި ވާދަކުރުން ފާހަގަ ކުރެވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.