ދިގު ކިއޫއާއި ޑިލޭތަކުން ސަލާމަތްވުމަށް ދަތުރު ގެ ތިން ގަޑިއިރުކުރިން އެއާޕޯޓްއަށް ދިޔުމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.
https://twitter.com/MACLmedia/status/1672191322751639552?s=20
ބޮޑު އީދާއި ސަރުކާރު ބަންދުވެފައިވާ ދުވަސްތަކާއި އެކު ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރުކުރާތީ މިދުވަސްކޮޅު އެއާޕޯޓް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ.
އެބޭފުޅުންކޮށްފައިވާ ޓުވީޓުގައި ޗުއްޓީ ދުވަސްވަރު ދަތުރުކުރާ އިރު ދިގު ކިއޫތަކާއި ޑިލޭތައް ކުރިމަތިވެދާނެ ކަމަށާއި އެހެންވެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި މީގެ އިތުރުން، އިމިގްރޭޝަންގެ "އިމުގަ" ފޯމް ފުރަންޖެހޭ ފަސިންޖަރުން އެ ފޯމުވެސް ދަތުރުގެ ކުރިން ފުރިހަމަކޮށްފައި ބޭއްވުމަށް އެބޭފުޅުންވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން މިދުވަސްވަރު ރާއްޖޭގައި އަރިދަފުސް ރޯގާއާއި ޑެންގީހުން ފެތުރެމުންދާތީ ދަތުރުތައް ކުރާއިރު ސަލާމަތީކަންކަމަށް ސަމާލުކަންދިނުމަށް ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.