ރާއްޖޭގެ ރަށްތަކަކީ މިހާރު ރިސޯތެއް ކަމަށާއި، ރައްޔިތުންގެ ތާއީދު އޮންނާނީ ރަށްތައް ފައިވް ސްޓާ ފެންވަރުކޮށްދިން ވެރިޔަކަށް ކަމަށް ރައްޔިތުން މަޖޖިލީޙުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު އެމްޑީޕީއަށް ސޮއި ކުރުމަށް މިއަދު ސޯލްޓް ކެފޭގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ރާއްޖެއަށް ތަރައްގީ ގެނެސްފައިވާ ކަމަށެވެ. އެގޮތުން އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހް އިންތިހާބު ކާޟިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެެ. އެގޮތުން އޭނާގެ ފުލް ކެޕޭސިޓީ ދީ، ފައިސާގެ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް އެ މަނިކުފާން އަށް އިންތިހާބު ކާމިޔާބު ކޮށްދޭން މަސައްކަތްކޮށްދޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. "އަޅުގަނޑަށް 100 ޕަސަންޓް ޔަގީން [ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު] ކާމިޔާބު ވާނެ ކަމަށް. އަޅުގަނޑުގެ ފުލް ކެޕޭސިިޓީގައި މަސައްކަތް ކުރާނަން, ފައިނޭޝަލީ ވެސް, އަދަވައިސް [އެހެނިހެން ގޮތްގޮތުން] ވެސް،" ޖާބިރު ވިދާޅުވި އެވެ. މީގެ އިތުރުން އެމްޑީޕީއަށް ސޮއި ކުެއްވުމަށްފަހު ޖާބިރު ވިދާޅުވީ މީގެ ކުރިން އެމްޑީޕީން ވަކިވެވަޑައިގެންންނެވި ނަމަވެސް ހުންނެވީ ހަމަ އެމްޑީޕީގެ ފިކުރުގައި ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރު ދައުރަކަށް ހޮވުމަށް ބޭނުންވެވަޑައިގަންނަވާތީ އަލުން ސޮއިކުރެއްވީ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.