1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އީދު ބަންދަށްފަހު ރައީސް ޔާމީންގެ ކެމްޕެއިން ފަށަނީ

9967A374-E3C1-40AA-BA07-35C51C7286EF-850x548
ފޮޓޯ: ދެން އެމްވީ
އައިޝަތު ސަދާ ސަޢީދު
391ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އީދު ބަންދަށްފަހު ރައީސް ޔާމީންގެ ކެމްޕެއިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފަށާނެ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރު، އަދި ގައުމީ އެއާލައިން މޯލްޑިވިއަންގެ ކުރީގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރު މުހައްމަދު އަމީން ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމާމެދު އެއްވެސް ޝައްކެތް ނުކުރާ ކަމަށެވެ. އަދި އެމނިކުފާނުގެ ކެމްޕެއިން ފެށުމަށް ތައްޔާރީތައް މިހާރު ވަމުންދާ ކަަމަށް އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މިހާރު ރައީސް ޔާމީން ތަންފީޒު ކުރަމުންދާ ޖަލު ހުކުމުން ސަލާމަތްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، އެމަނިކުފާނު 2023 ވަނަ އަހަރު އިންތިޚާބު ކާމިޔާބުކޮށް ހުވާވެސް ކުރައްވާނެ ކަމަށެވެ.

300 × 250

އެގޮތުން އެމަނިކުފާނުގެ މެނިފެސްޓޯގައި އާންމު އުސޫލެއްގެ ގޮތުން ރައީސް ޔާމީން ގެންގުޅުއްވި އުސޫލުތަކާއި ކުރީ 5 އަހަރު ގެންނެވި ތަރައްގީއާއި ގުޅުން ހުރި ކަންތައްތައް ހިމެނޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

“އެންމެ މުހިންމު ތިން ސެގްމެންޓުގެ ގޮތުގަ އަޅުގަނޑުމެންގެ މެނިފެސްޓޯގް ހިމެނޭނެ އަންހެނުންނާއި ޒުވާނުންނާއި މަސްވެރިންގެ ވާހަކަ ދެންނެވިން. އޭގެ ތެރޭގަ ހިމެނޭނެ ބައިތައް ފެނިގެންދާނީ މެނިފެސްޓޯ ލޯންޗު ކުރެވުނީމަ” އަމީން ވިދާޅުވިއެވެ.

ޔާމީންގެ ކެމްޕެއިންއަށް ޕީއެމްއާއި ޕީއެންސީއިން ތައްޔާރުވަމުން ދާިއރު، އެ ދެ ޕާޓިއާއި ރައީސް ނަޝީދުއާށް ތާއިދުކުރާ ފަރާތްތައް އިސްވެ ތިބެ އުފައްދަވާ ދަ ޑިމޮކްރެޓްގެ ގުޅިގެން މިހާރުގެ ސަރުކާރު ވައްޓާލުމަށް ވަނީ މަޝްވަރާވަރާ ބައްދަލުވުމެއް މިއަދު ބާއްވަވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި