1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

30 މީހުންނާއި އެކު ދަތުރުކުރަމުންދިޔަ ލޯންޗްއެއް އަޑިޔަށްގޮސްފި

photo1687693143
އައިޝަތު ސަދާ ސަޢީދު
1,218ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

30 މީހުންނާއި އެކު ދަތުރުކުރަމުންދިޔަ "ލީޖަން 7" ނަމަކަށް ކިޔާ ލޯންޗްއެއް އަޑިޔަށް ގޮސްފިއެވެ.

ނ.އަތޮޅު ވެލިދޫއަށް ދަތުރުކުރަމުންދިޔަ، ލޯންޗަށް ރާޅެއް އަރައި، ދިޔަވަމުންދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 11:50 ހާއިރު ކަމަށެވެ.

ލޯންޗަށް ރާޅު އަރާފައިވަނީ ރަންދެލި ރިސޯޓު ކައިރިންނެވެ. އަދި ލޯންޗު އެވަގުތު ރަންދެލި ރިސޯޓުގެ ފަޅަށް ވަދެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

300 × 250

ލޯންޗުގައި ތިބި މީހުން ރަންދެލި ރިސޯޓަށް ފޭބިފަހުން، ރިސޯޓުގެ ފަޅުތެރެއަށް ލޯންޗު އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީްއެފް އިން ވިދާޅުވިއެވެ.

https://twitter.com/mndf_official/status/1672925528918200320?s=46&t=YOMcM7x-FnT57_2QqFS_kQ

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ސްކޮޑްރަންގެ ހާބަރ ކްރާފްޓް، ޑައިވަރުންނާއެކު ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށައިފައެވެ. އަދި ރަންދެލި ރިސޯޓުގެ ޑައިވަރުންނާއި، ރިސޯޓުގައި އޮތް "ރީފްލައިން" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިންނާއެކު، ކޯސްޓްގާޑުގެ ޑައިވަރުން މިހާރު ލޯންޗު ފެނުން މައްޗަށް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންީއެފް އިން ވިދާޅުވިއެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި