1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާލެ ސަރަޙައްދުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކޮށްފި

305123_5ae8660e-6_-850x548
އައިޝަތު ސަދާ ސަޢީދު
466ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ލިބުނު މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.

ރައީސް އޮފީހުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޭ އުސޫލާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހައުސިންގ މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި މީހުންގެ ތެރެއިން 12،794 މީހުން ގޯއްޗަށް ޝަރުތު ހަމަވާކަމަށް ހައުސިންގ މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފަ އެވެ. އަދި ގޯތި ހޯދަން އެދިފައިވާ އެންމެންނަށް ގޯތި ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވީ މި ވަގުތަށް އިއުލާން ކުރާ 5000 ގޯތި ލިބޭ މީހުންގެ އިތުރުން މި މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭންސަރުކާރުންވަނީ ނިންމާފައި ކަމަށެވެ.

300 × 250

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ކެބިނެޓްގެ ބައްދަލުވުމެއް ބާއްވައި، މި ޕްރޮގްރާމްގެ ދަށުން ކޮލިފައިވެފައިވާ އެންމެނަށް ގޯތި ދިނުމަށް ސަރުކާރުގެ ސިޔާސަތެއްގެ ގޮތުން، ނިންމަވައިގެން ކުރިއަށްގެންދަން ނިންމައިވާ ކަމަށް މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ.

https://drive.google.com/file/d/14B-jzpS9KE_P7UciGf3fSxtHR3Y_Rqh3/view?usp=sharing

އެ ބައްދަލުވުމުގައި ދެއްކި ޕްރެޒެންޓޭޝަންގައިވާ ގޮތުން ޝަރުތު ހަމަވެފައިވަނީ 12،794 ފޯމެވެ. އެއީ 19،857 މީހުންނެވެ.

މާލެ ރައްޔިތުންނަށް ޚާއްސަކޮށް މާލެ ސަރަޙައްދުން 5000 ގޯތި ދޭނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައެވެ. މީގެތެރެއިން ފުރަތަމަ ދޫކުރާ 3000 ގޯތި ދޫކުރަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ.

އެއީ ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރާ 1000 ގޯތި އަދި ގުޅީފަޅުން ދޫކުރާ 2000 ގޯއްޗެވެ. މާލެ ރައްޔިތުންނަށް ޚާއްސަކޮށް 3000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތުގައި 15،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި