ގދ ނަޑެއްލާ ކައުންސިލުން އަންނަ ޖުލައި މަހުގެ ފަހުކޮޅުގައި ބޭއްވުމަށް ތައްޔާރު ވަމުންދާ "ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023 "( NCSF2023) ގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފި އެވެ. ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ނަޑެއްލާ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ އަންނަ މަހުގެ 26 ހާ ތާނގައި ފެށުމަށް ހަމަޖެހިފައިވާ "ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023" އަކީ ފުޓުސަލް އާއި ވޮލީއަށް ޚާއްސަ ކުރެވިގެން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ. އެގޮތުން އަންހެން ޑިވިޝަން އާއި ފިރިހެން ޑިވިޝަން ވަކިން، މުބާރާތެއްގެ ގޮތުގައި ރަށުގެ ޓީމުތައް ބައިވެރިވާ ގޮތަށް ފުޓުސަލް އާއި ވޮލީ ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.  

Nadella Council Sports Fiesta 2023 Volleyball Tournament Men's & Women's Division Open for Team... Posted by Secretariat Of the Nadella Council on Monday, June 26, 2023

ނަޑެއްލާ ކައުންސިލުން ވިދާޅުވީ އެ ރަށުގައި ބާއްވާ މިފަދަ މުބާރާތް ތަކަށް ރަށުގެ އާބާދީ ގެ ނިސްބަތުން ވަރަށް ބޮޑު ތަރުތީބެއް ލިބެމުންދާ ކަމަށާއި އެގޮތުން މިފަހަރުވެސް ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023 ގައި ދެ ޑިވިޝަނުން 4 މުބާރާތުގައި މަދުވެގެން 16 ޓީމު ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ކޮންމެ ޓީމަކަށް ވެސް ރަށުން ބޭރު 1 ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ހުޅުވާލާފައިވާ ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023 ކުރިޔަށް ދާނީ ނަޑެއްލާ ފުޓުސަލް ގްރައުންޑް ގައެވެ.