ކަނޑުހުޅުދޫ ކައުންސިލްއިން އެ ރަށުގެ ކަންމަތީ ސްޕޯޓްސް ކްލަބްއާއި ގުޅިގެން ކުރިއަށް ގެންދިޔަ "ކައުންސިލް ބަށި ޗެލެންޖް 2023" ގެ އެއްވަނަ ޓީމްއަކަށް "ވިނާސް" ޓީމް ހޮވިއްޖެއެވެ. މި މުބާރާތުގައި ހަތަރު ޓީމް ބައިވެރިވެފައިވެއެވެ. އެއީ
- ވިނާސް
- އިނގިލިބިނގިލި
- އޯޝަން
- ގޮމަ އެވެ.

ކަނޑުހުޅުދޫ ކައުންސިލް ބަށި ޗެލެންޖުގެ ތެރެއިން މި މަހުގެ 20 އިން 26 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ރަނައަޕް ޓީމްއަކަށް އިނގިލިބިނގިލި ހޮވިފައިވާއިރު، ފެއަރ ޕްލޭޓީމްއަކަށް ހޮވިފައިވަނީ ގޮމަ އެވެ. މުޅި މުބާރާތުން އެންމެ މޮޅު ހިފުންތެރިޔާއަކަށް ހޮވިފައިވަނީ އިނގިލިބިނގިލި ޓީމްގެ ނަޝީދާ މުހައްމަދު ސައީދުއެވެ. ނަޝީދާވަނީ މި މުބާރާތުގައި ޖުުމުލަ 67 ބޯޅަ ހިފާފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔާއަކަށް ހޮވިފައިވަނީ ވިނާސް ޓީމްގެ ޝިފާޒާ އަބްދުލް ސަމަދުއެވެ. އޭނާވަނީ މުބާރާތުގައި 546 ބޯޅަ ޖަހާފައެވެ. މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނާއަކީ އަވެކްއެވެ. ހުރިހާ ޓީމްއަކުންވެސް ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ ކަމަށާއި އަދި މިއީ ރަށުގެ ހުރިހާ ރައްޔިތުންގެ ފުރިހަމަ ސަޕޯޓްއެއް ލިބިފައިވާ މުބާރާތެއްކަމަށް އެ ރަށު ކައުންސިލްއިން މައުލޫމާތު ދެއެވެ.







ޚިޔާލު (1)
ތާހެރަކުންދޭ�