މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރަމުންދާ ދެ ދިވެއްސެއްގެ ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާ ދެމުން ގެންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިވަގުތު ސައުދީ އަރަބިއްޔާގައި ހުންނެވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނިލް ވިދާޅުވީ އެ ދެމީހުންނަކީ އުމުރުން ދުވަސްވީ ދެމީހުން ކަމަށާއި، އެމީހުން މިހާރު އަރަފާތު ބިމަށް ގެންދެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދެ ހައްޖުވެރިން ފިޔަވައި އެހެން އެންމެންގެ ހާލު އާންމު ގޮތެއްގައި ރަނގަޅު ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.