މި ހިގާ ޖޫން މަހުގެ 13 ވަނަ ދުވަހު ޙުޅުމާލޭގައި އެމް ޓީ ސީ ސީ ގެ ބަހަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ވަރަށް ބޮޑަށް އަނިޔާވެ ޙާލު ސީރިއަސްވެ ފަރުވާ ދެމުންދާ ގދ ތިނަދޫ އަހުމަދު ނޫރު ނާދިމް 19އ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ދެވެންހުރިފަރުވާ ދިނުމަށްފަހު މިހާރުވަނީ ޓްރީޓޮޕް ހޮސްޕުޓަލަށް ބަދަލުކުރެވިފައެވެ. އެއީ އޭނާގެ ހާލު އިތުރަށް ގޯސްވަމުންދާތީއެވެ. އަދިވެސް ނޫރު އޮތީ ސީރިއަސް ހާލަތެއްގައެވެ. އެކްސިޑެންޓްގައި ލިބުނު ބޮޑެތި އަނިޔާ ތަކާއި ޒަޚަމް ތަކަށް ފަރުވާ ދެމުންދާ އިރުވެސް ނާޒުކު ހާލަތެއްގައި އޮތް ނޫރު އަށް މި ވަޤުތު އެންމެ ބޮޑަށް ބޭނުންވަނީ ވީހާވެސް އަވަހަށް ރާއްޖެއިން ބޭރު ރަނގަޅު ހޮސްޕިޓަލެއްގެ ފަރުވާއެވެ. ނިއުރޯ ރިހެބިލިޓޭޝަން ފަދަ އެތައް ފަރުވާއެއް ލަސްނުކޮށް އަދިވެސް ބޭނުން ވެއެވެ. ސިކުނޑި އާއި ހަށިގަނޑުގެ އެތައް މިތަނަށް ބޮޑެތި އަނިޔާތައް ލިބިފައިވާއިރު އޭގެ ތެރޭގައި ފަރުވާ ކުޑަ ނުކޮށް އަވަސް ފަރުވާ ލިބެން މުހިންމު އެތައް ކަމެއް އެބަހުއްޓެވެ. އުމުރުން 19 އަހަރުގެ ނޫރުގެ ބައްޕަ މުހައްމަދު ނާދިމް ހުވަދޫ މީޑިއާއަށް މީގެ އިރުކޮޅެއް ކުރިން މައުލޫމާތު ދެމުން ބުނީ ރާއްޖެއިން ލިބެން ހުރި ފަރުވާ ލިބެމުންދާ ކަމަށާއި ކުރެވޭނެ ހުރި އޮޕަރޭޝަން ތައް ވެސް ކުރެވިއްޖެ ކަމަށެވެ. އަދި ލިބުނު އަނިޔާ ތަކަށް މާތްﷲ ގެ ހެޔޮ ރަޙުމަތުން ލިބުނު ފަރުވާ އަށް ފަހު މިހާރު ވަނީ ވޭންޓިލޭ ޓަރުންވެސް ނަގާފައި ކަމަށެވެ.

Allah ah Takai Namaves Alhuganduge Dharifulhah Kudanamaves dheven oi minvarah eheetherikameh dhevvumakee varah bodu edhumeh ehee therikameh dhenven nei faraatheh nama heyo dhuaa kolladhee shukuriyyaa. Posted by Mohamed Nadim on Tuesday, June 27, 2023

ނޫރުގެ ބައްޕަ ވަރަށް އަސަރާއި އެކު ބުނީ ދަރިފުޅު އޮތް ޙާލަތުގައި މިހާރު އެންމެ މުހިއްމު ކަމަކީ ރާއްޖެއިން ބޭރު ރަނގަޅު ހޮސްޕިޓަލެއްގެ އަވަސް ފަރުވާ ކަމަށާއި އެކަމުގައި ދީލަތި އެހީ އާއި ހެޔޮ ދުޢާ ބޭނުން ވާ ކަމަށެވެ. ނާދިމް ވަނީ އޭނާގެ ދަރިފުޅަށް އެހީތެރިކަމަށް އެދި ސޯޝަލް މީޑިއާ ގައިވެސް އާންމު ކޮށްފައެވެ. މަޢުލޫމާތު އިތުރަށް ހޯއްދެމަށް ގުޅުއްވާނެ ނަންބަރު ތަކަކީ 9891989 ، 9919988 ޢާއިޝަތު ވަޙީދު (ނޫރު ގެ މަންމަ) 7770000012859 މުޙައްމަދު ނާދިމް (ނޫރުގެ ބައްޕަ) 7770000105490 (uSD) މާތް ﷲގެ ވާގިފުޅާ މިންވަރުފުޅާއެކު އެ ޒުވާނާއަށް އަވަސް ޝިފާ މިންވަރު ކުރައްވާށި ، އާމީން.