އެމްޑީޕީގެ ބައެއް މެންބަރުން އެޕާޓީން ވަކިވެ އުފެއްދުމަށޤ މަސައްކަތް ކުރަމުންދާ "ދަ ޑިމޮކްރެޓިކްސް"ގެ މެނިފެސްޓޯއެއް ތައްޔާރު ކުރުމުގެ މަސައްކަތް އެޕާޓީން ފަށައިފިއެވެ.
އެ ޕާޓިން ބުނި ގޮތުގައި މިރޭ އެޕާޓީގެ މެނިފެސްޓޯއަށް ހިޔާލު ހޯދުމުގެ ބައްދަލުވުމެއް ފުވައްމުލައް ސިޓީގައި ބާއްވާނެއެވެ. އެޕާޓީގެ މުއައްސިސް ހަސަންލަތީފް އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދާ މިހަރަކާތްތަކުގައި އެރަށުގައި މާދަމާރޭ ކަންމަތީ ބައްދަލުވުމެއްވެސް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ޕާޓީގެ މެނިފެސްޓޯ ހެދުމުގެ މަސައްކަތް އެޕާޓީން ކުރިއަށް ގެންދާއިރު އެޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އަންނަ އާދީއްތަ ދުވަހު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެ ޕާޓީ އުފެއްދުމަށްޓަކައި އީސީއަށް ހުށަހެޅުމުން ތަފާތު ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެޕާޓީން ބުނާ ގޮތުގައި ސޮއިކުރި މެންބަރުންގެ ފޯމްތައް އީސީތެރެއިން ވަނީ ލީކުވެފައެވެ. އަދި އެމެންބަރުޔންނަށް ސަރުކާރުން ދަނީ ގުޅައި އިންޒާރުވެސް ދެމުންނެވެ. އޭގެ ފަހުން އެޕާޓީ އުފެއްދުމަށްޓަކައި ބޭއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމުގައި އީސީގެ މެންބަރޔުންގެ މެދުގައިވަނީ ހިޔާލު ތަގފާތުވުންތައް އުފެދިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.