1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖެއިން ހައްޖަށް ދިޔަ އިތުރު މީހަކު ނިޔާވެއްޖެ

350136244_577914107857463_5697295923500983631_n
މުހައްމަދު އަޚްތަރު
1,206ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށް ދިޔަ އިތުރު މީހަކު މިރޭ ނިޔާވެއްޖެއެވެ.

މިރޭ ނިޔާވެފައިވަނީ ދ. މާއެނބޫދޫ، ފިޔާތޮށިގެ، އުމުރުން 72 އަހަރުގެ އަލީ ހަސަން އެވެ. ދިވެހި ހައްޖު މިޝަން އިން ބުނި ގޮތުގައި މައްކާގެ ސައުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހަސަން އަލީ މަރުވީ ރާއްޖެ ގަޑިން 6:17 ގައެވެ.

އަލީ ހަސަން ހައްޖަށް ދިޔައީ ސަރުކާރުގެ ހައްޖު ކުންފުނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

300 × 250

ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. ރ. މާކުރަތު މުހައްމަދު ނަސީމް އަލީ އެވެ. މަރުޙޫމު މުޙައްމަދު ނަސީމު ޢަލީ ވަނީ ޙައްޖު މަހުގެ 8 ވަނަ ދުވަހުގެރޭ މިނާ ޓެންޓުން ނިކުންނެވި ފަހުން ވީނުވީއެއް ނޭނގި ގެއްލިފައެވެ.

މުޙައްމަދު ނަސީމް ޢަލީ ހޯދުމަށް ދިވެހި ޙައްޖު މިޝަނާއި، ސަޢުދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އާއި، އަލްޙަރަމައިން ކުންފުނިން ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ދެ މީހަކު މަރުވެފައިވާއިރު ދެ ހާޖީއެއްގެ ހާލު ދެރަވެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. ހާލު ދެރަވެގެން ފަރުވާ ދެނީ ދޮށީ އުމުރުގެ ދެ މީހަކަށެވެ. އެކެއްގެ އުމުރަކީ 85 އަހަރެވެ. އެއީ ފިރިހެނެކެވެ. ދެން ހިމެނެނީ 58 އަހަރުގެ އަންހެނެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި