ސޮސައިޓީ ފޯ ފިޔޯރީ ޔޫތް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް (ސްފައިސް) އިން އިންތިޒާމްކޮށް ފިޔޯރީ ކައުންސިލްގެ އެހީތަރެކިމާއި އެކު، ފިޔޯރީ ކައުންސިލްގެ އިދާރާގައި ބެލެނިވެރިންނަށް ހާއްސަކޮށްގެން ދަރުހެއް ބާއްވައިފިއެވެ. "ދަރިން ތަރުބިއްޔަތު ކުރުން" މި މައުޟޫއަށް ކުރިއަށް ގެންދެވުނު ދަރުސް ކުރިއަށް ގެންގޮސްދެއްވީ އައްޝައިޙް ހުސައިން އަންޞާރުއެވެ.
ޝެއިޙްގެ ވާހަކައިގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ދެމަފިރިންގެ ޢަމަލުތައް ބަހައްޓަންވީ ގޮތާއި، ދެމަފިރިންގެ ކިބައިން ފެންނަ ނުރަގަޅު ކަންތައްތަކުގެ ސަބަބުން ދަރިންގެ ކުރިމަގަށް ކުރާ އަސަރުތައް ފާހަނގަކޮށް އެކަންކަން ހައްލު ކުރާނެ ގޮތްތައް ކިޔައި ދެއްވިއެވެ. މީގެ އިތުރުން ދަރިން ގޯސް މަގު އިޙްތިޔާރު ކުރާ ސަބަބުތަކަށް އަލި އަޅުވާލައި ، އެފަދަ ކަންކަމުން ދަރިން ރައްކާތެރި ކުރާނެ ގޮތުގެ މަޢުލޫމާތު ބެލެނިވެރިންނަށްއެރުވުމާއި، ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރާއި، ޒިންމާތައް ހަދާން ކޮށްދީ، ދީންވެރި އަޙްލާގު ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތު ކުރާނެ ގޮތްތައް، އޮޅުން ފިލުވައި ދެއްވިއެވެ. ރޭ 8:45 ގައި ފެށިގެން ދިޔަ މި ދަރުސް އަޑުއެހުމަށް ގިނަ އަދަދެއްގެ ބެލެނިވެރިން ހާޒިރުވެފައިވެއެވެ.
މިވަގުތު ފިޔޯރީގައި ކުރު ޗުއްޓީއެއް ހޭދަކޮށްލުމަށް ވަޑައިގެން ހުންނެވުމާއި އެކުމެ، ސްފައިސް ޖަމްއިއްޔާއިން އެދިލެއްވި އެދިލެއްން ޤަބޫލުކުރައްވައި މިފަދަ ދަރުހެއް ވަރަށް ފުރިހަމަކަމާއި އެކު ނިންމާލަ ދިންކަމަށްޓަކައި ސްފައިސް ޖަމްއިއްޔާ، ފިޔޯރީ ކައުންސިލް އަދި އެންމެހާ ބެލެނިވެރިންގެ ނަމުގައި ޝެއިހް ހުސައިން އަންސާރަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ނޫހަށް މަޢުލޫމާތު ދެއްވަމުން ސްފައިސް ޖަމްޢިއްޔާގެ ރަޢީސާ ރުޢުޔާ މުސްޠަފާ ވަނީ ކުރިޔަށް އޮތްތާގައިވެސް މިފަދަ ދަރުސްތަކާއި، ތަފާތު ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް ެއެޖަމްޢިއްޔާއިން ވިސްނަމުންދާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.