1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެންސްޕާ އިން ޕްރައިވެޓް ހޮސްޕިޓަލުތަކުން ފަރުވާ ހޯދަން މެއި މަހު 7 މިލިއަނަށް ވުރެ ގިނަ ރުފިޔާ

އެންސްޕާ
މަރްޔަމް ޝަފާ ސައީދު
183ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަހަރުގެ އޭޕްރީލް މަހު ރާއްޖޭގެ ދެ ޕްރައިވެޓް ހޮސްޕިޓަލެއްގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި ބަލިމީހުންނަށް އަށް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ. މި ހަރަދުތަކަކީ އާސަންދައިން ބަލިމީހާއަށް ކަވަރުނުކުރެވޭ، ނުވަތަ އަމިއްލައަށް ފަރުވާއަށް ހޭދަކުރެވޭނެ ތަނަވަސްކަން ނެތް ފަރާތްތަކަށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮށްފައިވާ ހަރަދުތަކެކެވެ.

އެންސްޕާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރީލް މަހު މާލޭގައި ހުންނަ އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި ފަރާތްތަކަށް ޖުމްލަ 8.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދި 189 މީހަކަށް 3.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކުރި 294 މީހަކަށް 4.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ހަރަދުތަކުގެ ތަފްސީލް

300 × 250

އޭޑީކޭ ހޮސްޕިޓަލަށް އެންސްޕާއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކަރުންމަތީގެ ބަލިތަކަށް ފަރުވާ ހޯދި މީހުންނަށެވެ. އެގޮތުން 23 ވޭދަނައަކަށް 608,381 ރުފިޔާ ދައްކާފައިވެއެވެ. މީގެ އިތުރުން، އެހެނިހެން ހިދުމަތް ހޯދި 21 ފަރާތަކަށް 585,731 ރުފިޔާ އަދި ކަށީގެ ބަލިތަކާ ގުޅިގެން 27 މީހަކަށް 552,961 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ހަރަދުތަކުގެ ތަފްސީލް

ޓްރީޓޮޕް ހޮސްޕިޓަލަށް އެންސްޕާއިން އެންމެ ބޮޑު ހަރަދެއް ކުރީ ކަށީގެ ބަލިތަކަށެވެ. އެގޮތުން 51 މީހަކަށް 1.2 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. މީގެ އިތުރުން، އެހެނިހެން ބަލިތަކަށް 51 މީހަކަށް 627,666.32 ރުފިޔާ އަދި ވިހެއުމާ ގުޅިގެން 40 މީހަކަށް 605,552.28 ރުފިޔާ އެންސްޕާގެ އެހީގައި ހަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ސަރުކާރުން އާސަންދައާއި އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، މި ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކުރެވޭނެ ގޮތަކަށް ގައުމީ ހެލްތު އިންޝުއަރެންސް ނިޒާމު މުރާޖައާކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. ހަމައެއާއެކު، ބޭސްފަރުވާގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރު ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި