"ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ" " NCSF2023 ގެ ލޯގޯއާއި އެހެނިހެން މަރކެޓިންގ ކޮންޓެންޓް ޑިޒައިން ކުރުމުގެ މަސައްކަތްތައް ރާޅު އާޓްސް އެންޑް ޑިޒައިން ހަމަޖައްސާފިއެވެ.
ރާޅު އާޓްސް އެންޑް ޑިޒައިން އަކީ ރާއްޖޭގައި މިހާރު ފުޅާދާއިރާއެއްގައި ޑިޒައިނިންގެ ގެ މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ . އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަދަ އިވެންޓްތަކުގެ ބްރޭންޑިންގ ޕަރޓްނަރުކަން ވެސް ކޮށްފައިވާ ރާޅު އާޓްސް އެންޑް ޑިޒައިން އިން ވަނީ ވަރަށް ގިނަ މުބާރާތް ތަކާއި އިވެންޓް ތަކުގެ ބްރޭންޑިންގ ޕާޓްނަރަކަށް ކޮއްފައެވެ.
ގދ ނަޑެއްލާ ކައުންސިލުން ބޭއްވުމަށް ތައްޔާރު ވަމުންދާ "ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023 " NCSF2023 ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލަފަ އެވެ.
ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ނަޑެއްލާ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ މި މަހުގެ 22 ގައި ފެށުމަށް ހަމަޖެހިފައިވާ "ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023" އަކީ ފުޓުސަލް އާއި ވޮލީއަށް ޚާއްސަ ކުރެވިގެން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ. އެގޮތުން އަންހެން ޑިވިޝަން އާއި ފިރިހެން ޑިވިޝަން ވަކިން، މުބާރާތެއްގެ ގޮތުގައި ރަށުގެ ޓީމުތައް ބައިވެރިވާ ގޮތަށް ފުޓުސަލް އާއި ވޮލީ ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ނަޑެއްލާ ކައުންސިލުން ވިދާޅުވީ އެ ރަށުގައި ބާއްވާ މިފަދަ މުބާރާތް ތަކަށް ރަށުގެ އާބާދީ ގެ ނިސްބަތުން ވަރަށް ބޮޑު ތަރުތީބެއް ލިބެމުންދާ ކަމަށާއި އެގޮތުން މިފަހަރުވެސް ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023 ގައި ދެ ޑިވިޝަނުން 4 މުބާރާތުގައި މަދުވެގެން 16 ޓީމު ބައިވެރިވަނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ވަގުތާ ހަމައަށް ވޮލީ އަންހެން 3 ޓީމު, ފިރިހެން 3 ޓީމު އަދި ފުޓްސަލް ގައި ފިރިހެން 5 ޓީމު އަދި އަންހެން 3 ޓީމު ވަނީ ބައިވެރި ވެފައެވެ.
ކޮންމެ ޓީމަކަށް ވެސް ރަށުން ބޭރު 1 ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ހުޅުވާލާފައިވާ ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023 ކުރިޔަށް ދާނީ ނަޑެއްލާ ފުޓުސަލް ގްރައުންޑް ގައެވެ. މިއީ ނަޑެއްލާ ގައި އަންހެނުން ފުޓްސަލް ކުޅޭ ފުރަތަމަ މުބާރާތް ކަން ފާހަގަ ކޮށްލެވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.