1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އާރުޓީއެލް ހުވަދޫ ދަތުރުތައް ބުރާސްފަތީގައި ފަށަނީ

RTL Ferry
މުހައްމަދު އަޚްތަރު
1,307ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމް ޓީ ސީ ސީ ގެ އާރުޓީއެލް ހުވަދޫ ދަތުރުތައް ފެށުމަށް އަންނަ ބުރާސްފަތި ދުވަހަށް ޝެޑިއުލް ކޮށް ފަށަން ތައްޔާރު ވެއްޖެއެވެ

އެމް ޓީ ސީ ސީ ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިމަހުގެ 20 ވަނަ ދުވަހު ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގައި އާރުޓީއެލް ގެ ދަތުރުތައް ރަސްމީކޮށް ފަށާނެ ކަމަށާއި ދަތުރު ތައް ތައާރަފު ކުރުމަށް 13 ވާ ބުރާސްފަތި ދުވަހުން ފެށިގެން 19 އަށް ހިލޭ ދަތުރު ކުރެވޭ ގޮތަށް ހަމަޖެހިފައިވާނެ ކަމަށެވެ.

މީގެ އިތުރުން އަންނަ އޮގަސްޓު މަހު އާރްޓީއެލް ފެރީގެ ނިޒާމުން އައްޑޫ، ފުވައްމުލަކު އަދި ހުވަދޫ އަތޮޅު ގުޅުވާލުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

300 × 250

‏އާޒިމް ވިދާޅުވީ މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ނ، ރ، ބ، ޅ، ގއ، ގދ، ޏ އަދި ސ އަތޮޅު ހިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު އޮގަސްޓް މަހު ފަށާ ދެވަނަ ފިޔަވަހީގެ ދަށުން ހުވަދޫ އަތޮޅާއި އައްޑޫ އަދި ފުވައްމުލަކު އާރްޓީއެލް ފެރީގެ ނިޒާމުން ގުޅުވާލެވޭނެ ކަމަށެވެ.

https://twitter.com/adamazim/status/1676855542042738688?s=20

އާޒިމް ވިދާޅުވީ ނިމިދިޔަ 2022 ވަނަ އަހަރު އެމްޓީސީސީގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ އާރްޓީއެލް ފެރީގެ ނިޒާމު ތައާރަފު ކުރެވިގެން ދިއުންކަމަށެވެ. އަދި ވިދާޅުވީ އަމާޒަކީ 2024 ވަނަ އަހަރު ނިމެންވާއިރު، މުޅި ރާއްޖެ އާރްޓީއެލްގެ ނިޒާމަކުން ގުޅާލުން ކަމަށެވެ. އާރުޓީއެލްގެ ހިދުމަތް ހުވަދުއަތޮޅުގައި ފެށުމަށް ބޭނުންވާ 6 ސްޕީޑް ލޯންޗް މިއަދު ހެނދުނު ވަނީ ތިނަދޫގައި ބަނދަރުކޮށްފައެވެ. އާރުޓީއެލް ގެ ހުވަދޫ ދަތުރުތައް ފެށުމަށް މި މަހުގެ 13 ވާ ބުރާސްފަތި ދުވަހުން ފެށިގެން ޝެޑިއުލް ކޮށް ފަށަން ތައްޔާރު ވެފައި ވާއިރު ދަތުރުތައް އަމާޒު ކުރެވޭ މައި މަރުކަޒު ކަމަށްވާ ގދ އަތޮޅު ތިނަދޫ ގައި ހަދަން ޖެހޭ ފެރީގިމަތަ ނުވަތަ ޓާމިނަލް ގެ އެއްވެސް މަސައްކަތެއް އަދި ފަށާފައި ނުވެއެވެ.

https://twitter.com/MoNPHImv/status/1676879735648034816?s=20

ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ރައީސް ސައުދު ޢަލީ މިއަދު ވިދާޅުވީ އާރުޓީއެލް ހުވަދޫ ދަތުރުތައް ފެށުމަށް ތައްޔާރު ވެފައި ވީ ނަމަވެސްއާރުޓީއެލް އަށް އަމާޒު ކޮށް ހަދަން ނިންމާފައިވާ ތިނަދޫ ޓާމިނަލް އަޅަން ބޭނުންވާ ބިން ހަމަ ނުޖެހޭތީ އެކަން ނުފެށި ވާ ކަމަށާއި ލަފާކުރެވޭ ގޮތުގައި އާރުޓީއެލް އުޅަނދު ތައް ވަގުތީ ގޮތުން ބޭނުން ކުރާނީ މިހާރުވެސް ތިނަދޫ ގައި ބޭނުން ކުރަމުން އަންނަ ގިމަތަ ކަނަށެވެ.

ތިނަދޫ ރައީސް މިހެން ވިދާޅުވި ނަމަވެސް މިއަދު ތިނަދޫ އަށް ގެންދިޔަ އާރުޓީއެލް ގެ ފެރީ ތައް ބަނދަރު ކޮއްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް ތިނަދޫ ޕޯޓް ހެދުމަށް އެމް ޓީ ސީ ސީ ގެ އާއި ޙަވާލު ކޮށްގެން ހަދަމުންދާ ސަރަހައްދަށެވެ. މި ވަގުތު މަސައްކަތް ހުއްޓުމަކަށް ގެނެސްފައިވާ އެ ތަނުގައި
އާރުޓީއެލް ޚިދުމަތް ފަށައިފި ނަމަ އެ ފެރީ ތަކުން ދަތުރު ކުރާ ފަރާތްތަކަށް މޫސުމީ އުނދަގޫ ތައް ޖެހޭނެއެވެ.
huvadhoo huvadhoo news huvadhoo online huvadhoo media huvadhoomedia.com

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި