ރާއްޖޭގައި މިހާރު ބޮޑު އަދި ކުދި އާބާދީތަކުގެ 25 އިންސައްތައަކީ ބޭރުގެ މަސައްކްތެރިން ކަމަށާއި، ބައެއް ކަހަލަ ފަންނުވެރި އަދި ބޮޑެތި މުސާރަތައް ލިބޭ ވަޒީފާތަކަށް އެކަށީގެންވާ ދިވެހިން ނުތިބޭކަމީ ލިބިފައިވާ ބޮޑު ޝަކުވާއެއް ކަމަށް އެމްއެންޕީގެ ލީޑަރ މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ރޭ ކުޅުދުއްފުށީގައި އެމްއެންޕީއިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެހެން ކަމުން ރާއްޖޭގެ ތަރައްގީކުރުމަށް ރައްޔިތުން އެދޭފަދަ ގޮތަކަށް ކުރިއަށް ގެންދިޔުމަށްޓަކައި، ރާއްޖެއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އުފެއްދުމުގައި އެކަށީގެންވާ ޕްލޭނެއް އަވަސް ގޮތެއްގައި އެކުލަވާލައި އެމްއެންޕީގެ ސަރުކާރެއްގައި ތަންފީޒު ކުރާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން މާލީ އޮނިގަނޑުގައި ބަށްޓަން ކުރަންޖެހޭ ކަންކަން ތަރުތީބުކޮށް ދިވެހިންގެ އަތްމަށްޗަށް ނުގެނެވޭހިދަކު ރާއްޖޭގެ ތަރައްގީގައި ބޭރު މީހުންގެ ދައުރު ބޮޑުވެގެން ދާނެ ކަމަށާއި އަދި ބޭރު މީހުންގެ ކޮންޓްރޯލްވެސް އޮންނާނެ ކަމަށް ނާޒިމް ފާހަގަކުރިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.