ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އައި.) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ.) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސް.ބީ.އައި.) ގެ ރާއްޖޭ ބްރާންޗް އިން "އިންސްޓަންޓް ޕޭމަންޓް ސިސްޓަމް" ގާއިމުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.) އާއިއެކު މިއަދު ސޮއިކޮށްފިއެވެ. 3 ބޭންކުން މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ، މިކަމަށް މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ބޭއްވި ރަސްމީއްޔާތެއްގައެވެ. އާ ޕޭމަންޓް ނިޒާމު އައުމުން މޯބައިލް ފޯނު ބޭނުންކޮށްގެން ނުވަތަ އެހެން ޑިވައިސްތައް ބޭނުންކޮށްގެން ވަގުތުން ވަގުތަށް ޕޭމަންޓް ހެދުމުގެ ފުރުސަތު ލިބޭއިރު، މި ނިޒާމާ އެކު، ކޮންމެ ބޭންކެއްގައި އެކައުންޓެއް އޮތް ނަމަވެސް ނަގުދު ފައިސާ ބޭނުން ކުރަން ނުޖެހި، ފައިސާގެ މުއާމަލާތު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިވަގުތު މި ޚިދުމަތާއި ތިން ބޭންކުން ގުޅި ޕައިލެޓް ފޭސްއަށް ދިޔަ ނަމަވެސް، އިތުރު ބޭންކުތައް ވެސް ޔޫޒާ އެކްސެޕްޓެންސް ޓެސްޓުތަކުގައި ބައިވެރިވަމުންދާ ކަމަށާއި ލޯންޗު ކުރާ ހިސާބަށް ދާއިރު މި ނިޒާމާއި ގުޅިގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް އެމް.އެމް.އޭ. އިން ބުނެއެވެ. މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.އެމް.އޭ.ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މިއީ ރާއްޖޭގެ މާލީ ނިޒާމަށް އަންނަ ޖުމްލަ ބަދަލަކަށް ނުވެދާނެ ކަމަށެވެ.
އެހެނަސް މިއީ، ވަރަށް ގިނަ ބައެއްގެ އުއްމީދާއި ގުޅިފައިވާ މުހިންމު މަސައްކަތެއް. މިއީ އެ ހައްލު ގެނެސްދޭން މަގު ކޮށައިދޭ މެދުވެރިޔަކަށް ވާނެ.
ހިޝާމް އިތުރަށް ވިދާޅުވިއެވެ. ބޭންކުތަކާއި އެކު އެމް.އެމް.އޭ.ގެ ފަރާތުން ސޮއިކުރެއްވީ، އެސިސްޓެންޓް ގަވަނާ މަރިޔަމް ހުސެއިން ދީދީއެވެ. ބީ.އެމް.އެލް.ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ ޑެޕިއުޓީ ސީ.އީ.އޯ. އައިޝަތު އަލީ ނޫރައްދީން އެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ބޭންކުގެ ސީ.އީ.އޯ. މުފައްދަލް އިދްރީސް ހުމްރީއެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ކަންޓްރީ މެނޭޖާ އަދި ސީ.އީ.އޯ. ޑޮރަބާބޫ ޑޮޕާޓީއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.