ރާއްޖޭގެ ތާރީހުގައިވެސް ރިޔާސީ އިންތިހާބަކުން އެންމެ ދަށް ނަތީޖާއެއް ލިބިގެން އިންތިހާބަކުން ބަލިވެވަޑައިގަންނަވާނެ ވެރިއަކަށް، ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގަންނަވާނެ ކަމުގައި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ރޭ ޕީޕީއެމް- ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައެވެ. މި ޖަލްސާގައި އޭނާވަނީ ރައީީސް ޞާލިޙަށް ވޯޓު ދޭން ނުޖެހޭ ވަރަށް ގިނަ ސަބަބުތައް ހުރިކަމަށް ބުނެފައެވެ. އެގޮތުން ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރި ކުރުމުގައި ރައީސް ޞާލިޙު ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށާއި، ދިވެއްސަކު ޔޫކޭގައި އިސްލާމްދީނާ ޚިލާފު އެއްވުމެއްގައި ބައިވެރިވުމުން ވެސް، މި ސަރުކާރުން ޗުއްޕު ވެސް ނުބުނާ ކަމަށް އޭނާ ފާހަގަކުރިއެވެ.
"ރާއްޖޭގެ މިސްކިތްތަކުގެ ޙުރުމަތް ކަނޑައިފި، އެއްވެސް ވާހަކައެއް(ސަރުކާރުން) ނުދައްކާ."
މީގެ އިތުރުން، އިދިކޮޅު ލީޑަރު ރައީސް ޔާމީންއަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސަރުކާރުން ބުނާތީ، ޝަރުޢީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވާ މިންވަރު ހާމަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީންގެ މައްޗަށް ސުޕްރީމް ކޯޓްއިން އިއްވާފައިވާ ޖަލު ހުކުމް ބާޠިލް ނުކުރާހާ ހިނދަކޫ އިލެކްޝަންސް ކޮމިޝަންއިން އެމަނިލުފާނުގެ ކެންޑިޑެންސީ ފޯރމު ބަލައިނުގަންނާނެ ކަމަށް އީސީގެ ރައީސް ފުއާދު ތައުފީގް ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ޕީޕީއެމް-ޕީއެންސީ ގެ މެންބަރުން އަންނަީ ހިތްހަމަ ނުޖެހުން ފައުޅުކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.