1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޗާލު ދިވެހިރާއްޖެ އެވޯޑް: ރަށްރަށުގެ އިވެލުއޭޝަން ދަތުރުތައް ފަށައިފި

މަރްޔަމް ޝަފާ ސައީދު
653ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ރަށްރަށަށް އަމާޒުކޮށްގެން ތަޢާރަފްކުރި "ޗާލު ދިވެހިރާއްޖެ އެވޯޑް" ގެ ރަށްރަށުގެ އިވެލުއޭޝަން ދަތުރުތައް ރަސްމީކޮށް ފަށައިފިއެވެ. މި ދަތުރުތަކުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަކީބްއާއި އެ ކުންފުނީގެ އިސްވެރިންގެ އިތުރުން އެވޯޑުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވައެވެ.

މި އެވޯޑަކީ ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންގެ އިސްނެގުމާއެކު، ތިމާވެށި ޙިމާޔަތްކުރުމަށާއި، ދިވެހިންގެ މުއްސަނދި އާދަކާދައާއި ސަޤާފަތް ކުރިއެރުވުމަށް ރަށްރަށުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް ދޭ އެވޯޑެކެވެ. ޖުމްލަ 7 ކެޓަގަރީއަކުން 50 ރަށަކުން މި އެވޯޑަށް ކުރިމަތިލާފައިވާއިރު، 11 އަތޮޅަކުން 14 ރަށެއް ވަނީ ދެވަނަ ބުރަށް ހޮވިފައެވެ.

ޕީއެސްއެމްގެ ބިޒްނަސް ޑިވެލޮޕްމަންޓު އެގްޒެކެޓިވް އައިޝަތު ލިވާ ޒިޔާދު ވިދާޅުވީ، އިވެލުއޭޝަން ދަތުރުގައި ދެވަނަ ބުރަށް ހޮވުނު 14 ރަށަށް ޒިޔާރަތްކުރާނެ ކަމަށެވެ. ފުރަތަމަ މަންޒިލެއްގެ ގޮތުން ކ. ގުރައިދޫއަށް ޒިޔާރަތްކޮށްފައިވާއިރު، މި ދަތުރުތަކުގައި ރަށްރަށުގެ ތަންތަން ބެލުމާއި އާންމު ރައްޔިތުންނާ ވާހަކަދައްކައި މަޢުލޫމާތު އެއްކުރާނެއެވެ.

300 × 250

އިންސާފުވެރި ނަތީޖާއަކަށް މިނިވަން އޮޑިޓެއް

އެވޯޑުގެ ނަތީޖާ ކަނޑައެޅުމުގައި ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުމަށްޓަކައި، މިނިވަން އޮޑިޓް ފާމެއް މެދުވެރިކޮށް ނަތީޖާ ވަޒަންކުރާނެ ކަމަށް ލިވާ ވިދާޅުވިއެވެ. "މި މަސައްކަތުގައި ޕީއެސްއެމްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ،" ލިވާ ވިދާޅުވިއެވެ. މާކްސް ދިނުމުގައި ހަރަކާތްތެރިވާނީ އެ ދާއިރާތަކުގެ ތަޖުރިބާކާރުންނާއި މުސްތަޤިއްލު ފަނޑިޔާރުންނެވެ.

އެވޯޑުގެ ފައިނަލް ސްކޯ ކަނޑައެޅުމުގައި ފަނޑިޔާރުންގެ އިވެލުއޭޝަނަށް 60 އިންސައްތަ ދިނުމަށް ހަމަޖެހިފައިވާއިރު، ބާކީ 40 އިންސައްތަ ކަނޑައަޅާނީ އާންމުންގެ ވޯޓުންނެވެ. މިހާރު ހޮވިފައިވާ ގަދަ ފަސް ރަށުގެ ތެރޭގައި ރަސްގެތީމު، ނައިވައިދޫ، މަތިވެރި، ހިތަދޫ، ދަނގެތި، އުކުޅަސް، ކުޑަރިކިލު، ދިގުރަށް، ރިނބުދޫ، ކެޔޮދޫ، ފުވައްމުލައް ސިޓީ، ގުރައިދޫ، ހިންނަވަރު އަދި މަންދޫ ހިމެނެއެވެ.

މި އެވޯޑުގެ މައިގަނޑު މަޤްސަދަކީ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ރަށަށް ލޯބިކުރުމުގެ ރޫޙު އާލާކޮށް، ދެމެހެއްޓެނިވި ތަރައްޤީއާއި ފަތުރުވެރިކަން ކުރިއެރުވުމަށް ހިތްވަރު ދިނުމެވެ. އަދި ރަށްރަށުން ހޯދާ ކާމިޔާބީތައް ޤައުމީ ފެންވަރުގައި ފާހަގަކޮށް އިޝްތިހާރު ކުރުމަކީވެސް މި ޕްރޮގްރާމުގެ އަމާޒެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި