ރައްޔިތު މީހާ އިތުރަށް ފަޤީރުވާނަމަ އާމްދަނީ ދެގުނަވުމުން ލިބޭނެ ފައިދާއެއްނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ޢަލީ ހުސެއިން މިފަދައިން ވިދާޅުވީ ރާއްޖެއަށް މި ގެންނަނީ ބޮޑު ބަދަލެއް ކަމަށާއި އާމްދަނީ ދެ ގުނަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މ. މުލީގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީން ކޮވިޑުގެ ސަބަބުން، އެތައް ބިލިއަން ރުފިޔާއެއް ނުލިބި ދިޔަ ކަމަށެވެ. އަދި މުޅި ރާއްޖެއަށް މި ގެންނަނީ ބޮޑު ބަދަލެއް ކަމާއި އޭގެ ނަތީޖާއަކަށް ވާނީ އިޤްތިޞާދު ކުރިއަރައި އާމްދަނީ ދެ ގުނަވުން ކަމުގައި ރައީސް ޞޯލިހު ވިދާޅުވިއެވެ.

https://twitter.com/AleeVoice/status/1680252428124590082?s=20

މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޢަލީ ހުސެއިން ވިދާޅުވީ ޖުމްލަ އާމްދަނީ ދެގުނަ ވިޔަސް ތަކެތީގެ އަގު ބޮޑުވެ، ދިރިއުޅުުމަށް ކުރަންޖެހޭ ޚަރަދުތައް ދެގުނަވެ، ޢާންމު ރައްޔިތުމީހާ އިތުރަށް ފަޤީރުވާ ވާނަމަ އޭގެ ބޭނުމެއް ނެތް ކަމަށެވެ.